އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުން އެއްޗެއް އެންމެ މީރުކޮށް ކާން ލިބެމުން ދަނިކޮށް ގެނައި ބަދަލުން އަމިއްލައަށް ކައްކަންޖެހުން! މޮޅުގޮތް ގޮތް ހޯދަން ހެޔޮލަފާ އަނބިން އެއްލައިލާ މީހުންނަށް ވަރުގަދަ ފިލާވަޅެއް!

ބޭނުން އެއްޗެއް އެންމެ މީރުކޮށް ކާން ލިބެމުން ދަނިކޮށް ގެނައި ބަދަލުން އަމިއްލައަށް ކައްކަންޖެހުން! މޮޅުގޮތް ގޮތް ހޯދަން ހެޔޮލަފާ އަނބިން އެއްލައިލާ މީހުންނަށް ވަރުގަދަ ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 18 ސިކުންތު

ކޮންމެ ކަމެއްވެސް އެންމެ ރަނގަޅަށް ކުރެވޭނީ އެކަމެއް ކުރުމުގެ ހުނަރު ހުންނަ ބައަކަށެވެ. ކެއްކުމަކީވެސް ހަމައެފަދަ ކަމެކެވެ. ކެއްކުމުގެ ހުނަރުވެސް އެކިމީހުންގެ ކިބައިގައި ހުންނާނީ އެކިވަރަށެވެ. ވަފާތެރިވެފައި މީރުކޮށްކައްކައިދޭ އަންތބަކު ލިބިއްޖެނަމަ ހުރިހާ ކަމެއް ލިބި ފުދުނީކަމަށްވެސް ގިނަ ބައަކު ބުނެއެވެ.  

ކޮންމެއަކަސް، މީރުކޮށް ނަމަވެސް އަދި އެމީހަކަށް އެނގޭ ގޮތަކަށް ނަމަވެސް ފިރިމީހާ ބުނާއިރަށް (ކެއުމުގެ ވަޤުތުތަކުގައި ނޫނަސް) ކާބޯތަކެތި ތައްޔާރުކޮށްލައިދިނުމަކީ އެންމެ މުހިންމު އެއްކަންތަކެވެ. ދުވާލުގެ ބުރަމަސައްކަތަށްފަހުވެސް ރޭގަނޑުގެ ވަޤުތުތަކުގައި (ރޭގަނޑު ކާފަހުން) ފިރިން އެދުމުން ކާތަކެތި ތައްޔާރުކޮށްލައިދީ ހަދާނީ ވަރަށް ހެޔޮލަފާ، ފިރިން ދެކެ ލޯބިވާ، ގެވެށިއަނބިންނެވެ. ވީމާ އެފަދަ އަނބިންގެ އަގުވަޒަންކުރަން ޖެހެއެވެ.  

އެފަދަ އަނބިންގެ އަގު ވަޒަންނުކުރެވުމުން ދެން ކަންކަން ކުރިމަތިވާ ގޮތް ތިރީގައިވާ ވާހަކައިން ވިދާޅުވެލައްވާށެވެ!  

ރޭގަނޑުގެ ކެއުން ކައިނިމުނުތާ އެންމެ 2 ގަޑިއިރު ފަހެވެ. ދެމަފިރިން ތިބީ ސިޓީންގ ރޫމްގައި ފިލްމެއްބަލާށެވެ!  

"ބަލަ މިހާއިރުވާއިރު ބަނޑުހައިވާނެ ކަމެއް ނޭނގޭނގަ؟"

"ދެންމެނު ކެއީ! އެކަމަކުވެސް ބަނޑުހައިވެދާނެދޯ! ކޮންއެއްޗެއްތަ ކާން ގެނެސްދޭންވީ!"

"ބަތް"  

އަނބިމީހާ ތެދުވެގެންގޮސް ފިރިމީހާއަށް އެންމެ މީރުގޮތަށް ބަތާއި ކުކުޅު ތައްޔާރުކޮށްގެން ގެންގޮސްދިނެވެ.  

"ބަލަމިހިރީ ކޮން އެއްޗެއްތަ ގެނެސްފަ؟"

"ބުނީ ބަތް ގެންނަން ނޫންތަ؟ ކަލެއަށް އެންމެ މީރުގޮތަށް ބަތް މިގެނެސްދިނީ."  

"އަހަރެން ބުނީ ހުދުބަތާ ގެރިރިހައާ ގެންނާށޭ!"

"ތިއަހެން ބުނި އަޑެއް ނީވޭ! އެކަމަކު މިގެނެސްދެނީ! ހަމަކުޑަކުޑައިރުކޮޅެއްގެތެރޭގަ"

"ބީރު އަންހެނަކާ އެކުގަ ކިހިނެއްތަ އުޅޭނީ؟"  

އެއިގެ ދެތިން ދުވަސްފަހުން ޒުވާން އަންހެންކުއްޖަކު ގެއަށް ގެނެސްފައި ބުނީ އަނބިމީހާ ވަރިކުރީކަމަށާއި ގެއިން ނުކުމެގެން ދިއުމަށެވެ. ވީދެރައިން ރޮމުން ރޮމުން އަނބިމީހާ ގެއިން ނުކުމެގެން ދިއައީއެވެ.  

ދުވަސްކޮޅެއްފަހެވެ. ޒުވާން އަނބިމީހާ ގާތުގައި ބަނޑުހައިވެއްޖެ ކަމަށް ބުނީމާ ބުނީ އަމިއްލައަށް ކައިގެން ކެއުމަށެވެ. ތަކުރާރުކޮށް އެދުމުންވެސް ދިނީ ހަމަ އެޖަވާބެވެ.  

އަނެއްކާވެސް ދުވަސްކޮޅެއްފަހެވެ. ފިރިމީހާ އޮތީ ރޯގާޖެހި ހީކަރުވާތީ މަތިމައްޗަށް ރަޖާލައިގެންނެވެ. އެތެރެހަށީގައި ހުންވެސް ހުއްޓެވެ. ޒުވާން އަނބިމީހާ އައުމުން ބޭސްކޮޅު ގެނެސްދޭން އެދުމުން ބުނީ އަމިއްލައަށް ތެދުވެ ބޭސްނަގައިގެން ކެއުމަށެވެ. އެހެން ބުނެފައި އޭސީ ޖެއްސުމުން މިއޮތީ ހީކަރުވާތީ ކަމަށްބުނުމުން ބުނީ ފިނިވާނަމަ ސިޓިންގރޫމަށް ދިއުމަށެވެ.  

ފިރިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ޒުވާން އަނބިމީހާ ވަރިކޮށްލައި ގެއިން ފޮނުވާލިއެވެ. އެތައް މަސައްކަތަކުން ކުރީގެ އަނބިމީހާ އުޅޭގެ ހޯދައިގެން ގޮސް ބައްދަލުކޮށްފައި އޭނާއަށް ކުރެވުނު ކަންކަމަށް މާފުކޮށްފައި އެނބުރި ގެއަށް ގޮސްދިނުމަށް އެދުނެވެ.  

"ބަލަ އަހަރެން އެނބުރިދާންވީ ކަލެއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށް ޚިދުމަތްކުރަމުން ދަނިކޮށް ނެރެބޭރުކޮށްލި ގެއަށްތަ؟ އަނެއްކާވެސް ގުޅެންވީ ޅައަނހެންކުއްޖަކު ފެނުމުން އަހަރެންނަކީ މުސްކުޅިއެއް ކަމަށްބުނި މީހާއާތަ؟ އޮހޮހޯ! ތިއައިން އެއްވެސް ކަމެއް ކޮށްދެވޭކަށް ނެތް! އަހަރެންނަކީ އަހަރެންގެ ސިފައަށާ ޢުމުރަށާ އަހަރެންކޮށްދޭ ޚިދުމަތްތަކަށާ ހުރިހާ ކަންކަމަށް ލޯބިކޮށް ތަޢްރީފްކޮށް އަހަރެންނާއި އަޅައިލާ އަހަރެންދެކެ ވަރަށް ލޯބިވާ ފިރިއެއްގެ އަންތބެއް! ދެން ނާންނާތި ތިބާވަތުގެ ވާހަކަދައްކަން މިގެއަށް!"  

ކުޑަކޮށް ތަފާތު ގޮތަކަށް މިގެނެސްދިނީ އަޅުގަނޑު ބެލި ފިލްމެއްގެ ކުރުޚުލާޞާއެކެވެ. މި ވާހަކަކޮޅު ނުވަތަ ޑައިލޮގަކީ އަޅުގަނޑުގެ ޙަޔާތާއި ވަރަށް ގުޅުންހުރި ވާހަކަކޮޅެކެވެ. އަޅުގަނޑުގެ ފުރަތަމަ ފިރިމީހާވެސް އަޅުގަނޑާއިމެދު ކަންކަންކުރީ ހަމައެފަދަ ގޮތަކަށެވެ. އަޅުގަނޑު ވަރިކޮށްލައި 2 ދަރިންނާއިއެކު ގެއިން ނެރެލީ އަޅުގަނޑުގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތްކަމަށް ބުނެފައެވެ. އަހަރުވެސް ނުވަނީސް ފައިބުޑަށް ސަލާންޖަހަން އައެވެ. އަޅުގަނޑުވެސް ދިނީ ހަމަ އެފަދަ ޖަވާބެކެވެ.  

ވީމާ މިވާހަކައަކީ އަޅުގަނޑާއިމެދުގައި ފިރިމީހާ ކަންކަންކުރިފަދައިން ކަންކަން ކުރުމަށްފަހު ފައިބުޑަށް ސަލާންޖަހަންދާ ފިރިހެނުންނަށް ރަނގަޅު ޢިބްރަތަކަށްވާނެ ކަމަށްހީކުރަމެވެ.  

އަންހެން ބޭފުޅުންނަށް ދަންނަވާލަން އޮތީ އަޅުގަނޑުމެން ރަނގަޅު ގޮތުގައި ތިބިނަމަ މާރަނގަލު ގޮތްތައް ދައްކަވާނެއެވެ. މާރަނގަޅު ފިރިން ލިބޭނެއެވެ. ފިރިމީހާގެ ދުލުގައި ގޮށް ނުޖެހޭތީ ކިތަންމެ ނުބައި އިލްޒާމްތައް އެޅުވި ނަމަވެސް ﷲ ދެކެދެނެވޮޑިގެން ނުވާ ހަމައެއްވެސް ކަމެއް ނުހިނގާނެއެވެ! ﷲ އަށް އިޚްލާޞްތެރިވެ އިޙްޞާންތެރިވާ އަޅުން މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ

- ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް