އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނީގެ ކުރިން ބައްދަލުކުރުމާ ދޭ ހަދިޔާގަ ހިފުމުގަ ވިސްނަންޖެހޭނެ ބައެއް ކަންކަން-

ކައިވެނީގެ ކުރިން ބައްދަލުކުރުމާ ދޭ ހަދިޔާގަ ހިފުމުގަ ވިސްނަންޖެހޭނެ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ކައިވެނީގެ ކުރިން ބައްދަލުކުރުން ހުއްދައެވެ. ނަމަވެސް އިތުރު މީހަކާއި އެކުގައެވެ. އަދި އެއްވެސް އަމިއްލަ އެދުމެއް ނެތި ﷲ ތަޢާލާއަށްޓަކައި ޞަދަޤާތުގެ ގޮތުގައި ދޭއެއްޗެއްގައި ހިފުންވެސް ހުއްދައެވެ. ޞަދަޤާތެއްގައި ހިފަންވެސް ދެމީހުން އެކަހެރިނުވާށެވެ! އަދި އެކަމަށް ޢާއިލާގެ މީހަކު ނުވަތަ އިތުބާރުކުރެވޭ މީހަކު ހެކިކުރުވާށެވެ! އެއީ ފަހުން އެކަން އެހެން ގޮތަކަށް ފުރޮޅައިލުމުގެ ފުރުޞަތު ނުދިނުމަށެވެ.  

މިއަދު ގިނަބައަކަށް މަގުއޮޅި ނުބައި މަގުން ދެވެނީ މިބުނި ކަންކަމަށް ސަމާލުކަން ކުޑަކުރެވޭތީއެވެ. ލޯބިވުމަށްފަހު ކުރެވޭ އިތުބާރު މާބޮޑުވެގެންދާތީއެވެ.  

އެމީހުންގެ ލޮލަށް ތިއަ ކަނބަލުން ނުފެނި، ޝައިޠާނީ ވާހަކަ ނުދައްކައި، ފޮޓޯ އާއި ވީޑިއޯއަށް ނުއެދި، ބައްދަލު ނުކޮށް އެހީވަނީ ކާކު ހެއްޔެވެ؟ އެމީހަކު ހުރިނަމަ އެމީހަކަށް ޤަދަރުކޮށް އިޙްތިރާމްކުރާށެވެ! ވިސްނަން ޖެހޭނެ ކަމަކީ އެއިން ކަމެއްގެ ސަބަބުން ދޭ ފައިސާއަކީ އެހީއެއް ނޫންކަމެވެ. އެއީ ޙަރާމް ކަމަކަށް ތިބާ ގަންނަން ދޭ އަގެވެ! ތިބާގެ ނަފުސުގަ ހަމަ އެހައިވެސް އަގެއް ނެތް އެއްޗަކަށް ނުހަދާށެވެ. ނަފްސް ނުވިއްކައި ﷲ ތަޢާލާއަށް ބިރުވެތިވާށެވެ!" 

ނުވިކި ތިބާގެ ޢިއްފަތްތެރިކަމުގައި ކެތްތެރިވެލައިފި މީހަކަށް ﷲ ތަޢާލާ ދެއްވަވާނެ ޖަޒާއަށް ދަހިވެތިވާށެވެ. އެއިގެ ފައިދާ މުޅި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ބޮޑުވާނެއެވެ. ދުނިޔޭގެ ބަރުދަންހުރި ރަނަށްވުރެވެސް އަގުހުންނާނެއެވެ!  

އެހެނީ ސުވަރުގެ ލިބުމުން އެންމެ ބޮޑެތި ބިލިއަނަރުންވެސް ދުނިޔޭގައި އެމީހުންނަށް ލިބުނު އުފާވެރިކަންމަތިން އެކުގައި ހަނދާންނެތިގެންދާނެތީއެވެ. އަދި ކީއްހެއްޔެވެ؟ ޢިއްފަތްތެރިއެއްގެ ގޮތުގައި ހުރެވިއްޖެނަމަ އެމީހަކަށް ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ. ވީމާ ތިބާގެ ނަފްސް ވިއްކައިލުމުން ކިތަންމެ ބައިވަރެއް ލިބުނަސް އެއިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް