އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެހީތެރިކަމާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ މައި މަރުކަޒުކަމުގައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މި އައު ޚިދުމަތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބުދުއްރައްޒާޤް ޙަލީމް އާއި އައިޖީއެމްއެޗް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިގޮތުގައި، މި އައު ޚިދުމަތް ދިނުމުގައި އިސްކޮށް އުޅުއްވާނީ އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ޑިޕާޓްމެންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ޑރ. މުޙައްމަދު ވަޙީދެވެ. ޑރ. ވަޙީދަކީ މީގެ ކުރިން ވެސް އެ ހޮސްޕިޓަލަށް ވޫންޑް ކެއަރ އަދި ލެޕްރޮސްކޯޕިކް ސަރޖަރީ ތަޢާރަފްކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

މި އައު ޚިދުމަތް ފެށުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ރަށްރަށުން ލިބެންހުރި ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ޚިދުމަތް ފެށުމުން، އުތުރުގެ ރައްޔިތުންނަށް ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ހޯދުމަށް މާލެ ދަތުރުކުރަން ޖެހޭ މިންވަރު މަދުވެގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު