އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެވުނުކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖަޔަޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ބޭފުޅުން ބައްދަލުކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.

ޒަމީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި މިހާތަނަށްވެސް އެކި ދާއިރާތަކުން އެ ޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އަދި އިޤްތިޞާދާއި ޓްރޭޑް އެންޑް އިންވެސްތްމަންޓުގެ ދާއިރާއާއި ތައުލީމާއި މީހުން ބިނާކުރުމާއި ޞިއްޙަތާއި ފަތުރުވެރިކަމާއި ކުޅިވަރާއި ދިފާޢީ ދާއިރާއާ ގުޅުންހުރި ކަންކަމާއި ދެ ޤައުމުގެ ދޭދޭގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޤައުމާއި ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި ޓެރަރިޒަމާއި ހަރުކަށިފިކުރާއި މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި ހުއްޓުވުމާއި އިންސާނީ ޙައްގުތައް ރައްކާތެރިކުރުމުގައި ދެ ޤައުމުގެ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުށަހެޅުމެއް ކަމަށްވާ ރާއްޖެއާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުން ހުށަހަޅާފައި. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިކުރުމުގައި ގިނަ ލުއިތަކެއް ވެގެންދާނެ،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު