އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަލާލު ގޮތުގަ ރިޒުޤު ހޯދާނަމަ ރިޒުޤަށް ދަތިވެގެން އުޅޭކަށް ނުޖެހޭނެ! އިން ޝާ ﷲ

ޙަލާލު ގޮތުގަ ރިޒުޤު ހޯދާނަމަ ރިޒުޤަށް ދަތިވެގެން އުޅޭކަށް ނުޖެހޭނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ. 

"އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤް ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ." (އަލްޠަލާޤް: 3) 

އަހަރެމެންގެ ތެރެއިން ގިނަ ބައަކު ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތް ނޫން ގޮތްގޮތުން ރިޒްޤް ހޯދަނީ ރިޒްޤް އިތުރުކުރުމުގެ ބޭނުމުގައެވެ. އެއީ އެމީހުންގެ ހިތްތަކުގައި ﷲ ތަޢާލާއަށް އޮންނަ އިތުބާރުކުޑަވުމުންނެވެ. އޭނާއަށް ޙައްޤު މިންވަރަށް ރިޒުޤް ދެއްވަވާނެ ކަމަށް އިތުބާރު ނުކުރެވޭތީއެވެ. ނުވަތަ ދެއްވަވާ މިންވަރަށް ޝުކުރުވެރި ނުވެވޭތީއެވެ. 

ރިޒްޤް ހޯދަން މަސައްކަތްކުރާއިރު މިއާޔަތް ހިތުގައިބާއްވާށެވެ! މި އާޔަތުގެ މައްޗަށް ޔަޤީންކަން އިތުރުކުރާށެވެ! 

ޙަލާލް ރިޒްޤް ނޫނީ ބޭނުން ނުކުރުމުގެ ވާހަކަ މިހައި ގިނައިން ދައްކަން ޖެހެނީ އެކަމުގެ މުހިންމުކަން ތިމާގެ މުޅި ހަޔާތާއި ގުޅިފައިވާތީއެވެ. ކުރާ އަޅުކަމާއި އަދި ދުޢާ އިޖާބަ ކުރެއްވެވުމާއިވެސް ގުލިފައިވާތީއެވެ! ތިމާގެ އާޚިރަތް ލިބުމާއިވެސް ގުޅިފައިވާތީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް