އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެމްކޯ އަކީ ސަރުކާރަށް ބަރޯސާނުވެ ހިންގާ ކުންފުންޏަކަށް އަންނަ އަހަރު ހެދޭނެ: މުޖުތަބާ

ވެމްކޯ އަކީ ސަރުކާރަށް ބަރޯސާނުވެ ހިންގާ ކުންފުންޏަކަށް އަންނަ އަހަރު ހެދޭނެ: މުޖުތަބާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އަކީ ސަރުކާރަށް ބަރޯސާނުވެ ހިންގާ ކުންފުންޏަކަށް އަންނަ އަހަރު މެދުތެރޭގައި ހެދޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މުޖްތަބާ މިއަހަރުގެ ދެވަނަ ކުއާޓަރަށް އާއިއިރު ހިންގުމުގެ ޚަރަދު 46 އިންސައްތަ ކުޑަކުރެވިފައިވާ ކަމަށެވެ.

"ވެމްކޯގެ ހިންގުމުގެ ޚަރަދު %46 މިވަނީ މިއަހަރު ފުރަތަމަ ކުއާޓަރާ ހަމައިން ދެވަނަ ކުއާޓަރަށް ކުޑަ ކުރެވިފައި. މީގެ މާނައަކީ 40 މިލިއަނުން 12 މިލިއަނަށް ޚަރަދުތައް ކުޑަކުރެވުން." މުޖްތަބާ ޖަލީލު ވިދާޅުވިއެވެ.

ޚަރަދުތައް ކުޑަކުރުމުގެ އިތުރުން، ވެމްކޯއިން ދަނީ އާމްދަނީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ވެމްކޯގެ ޕްރޮޖެކްޓް ޑިޕާޓްމެންޓެއް ޤާއިމްކޮށް ބިޔަ މަޝްރޫޢުތަކަށް ވެމްކޯގެ ޚިދުމަތް ދިނުމުގެ މަސައްކަތް އެކުންފުނިން ކުރިއަށް ގެންދެއެވެ. މިކަމުގެ ސަބަބުން ކުންފުނީގެ އާމްދަނީއަށް 10 މިލިއަން ރުފިޔާ އިތުރުވެގެން ދިޔަކަން އެކުންފުނިން ފާހަގަކުރެއެވެ.

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެންމެ އިސްދައުރެއް އަދާކުރާ ކުންފުންޏަކީ ވެމްކޯއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު