އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެލެގްރާމްގައި ބަރަހަނާ ވީޑިއޯ ޕޯސްޓުކޮށް، ވިޔަފާރިގެ އުސޫލުން މާލީ މަންފާ ހޯދަމުންދިއަ ދިވެހި ބަޔަކު ހައްޔަރުކޮށްފި

ޓެލެގްރާމްގައި ބަރަހަނާ ވީޑިއޯ ޕޯސްޓުކޮށް، ވިޔަފާރިގެ އުސޫލުން މާލީ މަންފާ ހޯދަމުންދިއަ ދިވެހި ބަޔަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ ވީޑިއޯ ޕޯސްޓުކޮށް، ވިޔަފާރިގެ އުސޫލުން ފުޅާ ދާއިރާއެއްގައި މާލީ މަންފާ ހޯދަމުންދިޔަ ތިން ދިވެއްސަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ކުޑަކުދިންގެ ބަރަހަނާ ވީޑިއޯ ޗެނަލް ހިމެނޭހެން 571 ބަރަހަނާ ވީޑިއޯ ޗެނަލް ފުލުހުން ވަނީ ސީޒްކޮށްފައެވެ.

ފުލުހުން މައުލޫމާތު ދެއްވިގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު ތިން މީހުންނަކަކީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު އަލީ (45 އަހަރު)، ދަފްތަރު ނަންބަރު ރސ14751، ނާސިފް އަލީ (46 އަހަރު) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާއިލް ރަބީހް (29 އަހަރު) އެވެ.

މި މައްސަލައާ ގުޅިގެން ޑިޖިޓަލް 14 ވަސީލަތެއް ބަލައި ފާސްކުރެވުނު ކަމަށާއި، އޭގެ ތެރެއިން މި ތިން މީހުންގެ ނަމުގައި ހަދައިގެން ސަބްސްކްރިޕްޝަން އުސޫލުން ވިޔަފާރީގެ ބޭނުމަށް ބޭނުންކުރަމުން ދިޔަ 9 ޓެލެގްރާމް ބަރަހަނާ ވީޑިއޯ ޗެނަލް ސީޒްކުރެވުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުން ވަނީ ސީޒްކޮށްފައެވެ. މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241,651 ފޮޓޯއާއި 86,618 ވީޑިއޯ ހިއްސާކޮށްފައިވާކަން ފުލުހުންގެ ތަޙުޤީޤަށް ވަނީ ހާމަވެފައެވެ. އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަންވެސް ފުލުހުންގެ ތަޙުޤީޤަށް ވަނީ ހޯދިފައެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެކި ދުވަސްމަތިން، އެކި ފަހަރު ކޯޓަށް ހާޒިރުކުރުމުން، އެ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ކުރިއަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު