އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ފަންސާސް މިލިއަނަށްވުރެ ގިން ރުފިޔާ ދޫކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ފަންސާސް މިލިއަނަށްވުރެ ގިން ރުފިޔާ ދޫކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކަށް މިއަހަރުގެ މިހާތަނަށް 50.7 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިހާރު 25 މަޝްރޫއުއެއް ކުރިއަށްދާއިރު އޭގެ ތެރޭގައި ހިމެނެނީ 21 މިސްކިތެއްގެ މަސައްކަތާއި 2 އިސްލާމިކް ސެންޓަރެއްގެ މަސައްކަތާއި، 1 ޤުރުއާން ސެންޓަރުގެ މަސަައްކަތުގެ އިތުރުން ސެޓުލްމަންޓު އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްދާ 1 މިސްކިތެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާއިރު، އިތުރު މަޝްރޫޢުތަކުގެ ދުވެލި އަވަސް ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މަސައްކަތްތައް ކުރިއަށް ގެންދާ ކުންފުނިތަކާއި ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

މީގެ އިތުރުން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢުކަމަށްވާ ހުޅުމާލޭގައި އިމާރަތްކުރާ ވަޤްފް ބިލްޑިންގކަމަށްވާ ދާރުލް ސަލާމްގެ މަސައްކަތާއި މާލޭގައި އިމާރާތްކުރާ ދާރުލް އަރުޤަމްގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން ދާރުލް ސަލާމްގެ ޑިޒައިން އަދި ކުރެހުމުގެ މަސައްކަތް ނިންމާ ކޮންޓެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމަށް މިހާރު ހުޅުވާލާފައިވާއިރު ދާރުލް އަރުޤަމްގެ ކޮންސެޕްޓް އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

- އިސްލާމިކް މިނިސްޓްރީ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު