އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބެންގަލޫރުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހަކާ ގުޅޭ ގޮތުން ފަތުރާވާހަކަތައް އާސަންދައިން ދޮގުކޮށްފި

ބެންގަލޫރުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހަކާ ގުޅޭ ގޮތުން ފަތުރާވާހަކަތައް އާސަންދައިން ދޮގުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީއެމްއައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލައި، އާއިލާ ހާލުގައި ޖައްސާލި ކަމަށް ދެކެވެމުންދާ ވާހަކަތައް އާސަންދައިން ދޮގުކޮށްފިއެވެ.

އާސަންދައިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ހިމެނެނީ 65 އަހަރުގެ ބަލިމީހެކެވެ. މި ބަލިމީހާއަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ އަރަބިއްޔާގެ ޖިއްދާއިން އިންޑިއާއަށް ޒަކާތު ފަންޑުގެ އެހީގައި ގެންދެވުނު މީހެކެވެ. އާސަންދައިން އިތުރަށް ހާމަކުރި ގޮތުގައި، އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ މީހާއަށް ހަމަޖައްސައިދެވިފައިވެއެވެއެވެ.

ބަލިމީހާއަށް ފަރުވާދެމުންދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީއަށް ކަމަށް އާސަންދައިން ބުނެފައިވެއެވެ. އިންޓެންސިވް ރިހެބިލިޓޭޝަނަށް އެޑްމިޓްކުރުމަށް އެސްޓަރ ސީ.އެމް.އައި އިން އާސަންދައަށް ރިކުއެސްޓް ފޮނުވާފައިވަނީ 2024 މާރިޗު 14 ގައެވެ. އޮގަސްޓު 18 އާ ހަމައަށް ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން ވަނީ އެޕްރޫވަލް ދީފައެވެ.

ގާތްގަނޑަކަށް 5 މަސްދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއަރ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަރ ސަޕޯޓާއެކު ބަލިމީހާ އަނބުރާ ގެނައުމަށް 2024 އޮގަސްޓު 14 ގައި ޢާއިލާއާއެކު ވާހަކަދެކެވިފައިވާ ކަމަށް އާސަންދައިން ބުނެފައިވެއެވެ.

އޮގަސްޓު 18 ގެ ނިޔަލަށް ހޮސްޕިޓަލުގެ ފަރުވާއަށް ހިނގާފައިވާ ޚަރަދުތަކުގެ ފައިނަލް ބިލު ލިބިފައިވާއިރު، ބިލަށް ޖުމްލަ އަރާފައިވަނީ 89،339.91 އެމެރިކާ ޑޮލަރު ކަމަށާއި، އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖްތައް އުނިކުރުމަށްފަހު އާސަންދައިން ވަނީ 85،989.15 ޑޮލަރު ބަލިމީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައިވާ ކަމަށް އާސަންދައިން ހާމަކޮށްފައިވެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު