އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރަންޏާއި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އިސްލާހުތައް ގެނައުމުގެ މަސައްކަތް ފަށައިފި

ދަރަންޏާއި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އިސްލާހުތައް ގެނައުމުގެ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ރާއްޖެއަށް ދިމާވެފައިވާ ދަރަންޏާއި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތަކާއި އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީސް" އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ އަނެއްކާވެސް ދަށްކުރުމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވެއެވެ.

އިސްލާހުތައް ފަރުމާކޮށް ތަންފީޒުކުރުމުގައި ދައުލަތްތައް ޝާމިލުވާ ގިނަ އިދާރާތަކުގެ އެހީތެރިކަން ސަރުކާރަށް ލިބެމުން އަ އަންނަ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް ފަގީރުކަން ކުޑަކުރުމަށާއި ނާޒުކު ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެފަދަ އިދާރާތަކުގެ ހިއްސާ ބޮޑުކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތްކަމުގައިވާ، ސަރުކާރު ކުންފުނިތައް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމަށް ފެށި މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މީގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ދައުލަތަށް އޮތް މާލީ ބުރަ ކުޑަވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މާލީ އިސްލާހުތައް ތަންފީޒުކުރެވުމުން މާލީ ގޮތުން ކުރިމަތިވެފައި ހުރި ހިރާސްތަކާއި ބޭރުގެ ދަރަނިން ކުރިމަތިވާ ހިރާސްތައް ކުޑަކުރުމާއެކު އިގުތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އިންވެސްޓަރުންނާ އެކު އޮތް ގުޅުންތައް ދެމެހެއްޓުމާއި، ބޭރު ފައިސާ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކު ދަރަންޏާއި މާލީ ކަންކަން ދެމެހެއްޓެނިވި މިންގަނޑަކަށް ރުޖޫއަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު