އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ހެޔޮލަފާ ފިރިމީހާއާ ވަކިވެ މޮޅުގޮތް ހޯދަން ސޯޝަލް މީޑިއާއިން ބައްދަލުވި މީހަކާ ގުޅުނު އަންހެނަކު ހުރިހާ ގޮތަކުން ނިކަމެތިވެ ހިތްދަތިކަމުގަ އުޅެންޖެހުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ހެޔޮލަފާ ފިރިމީހާއާ ވަކިވެ މޮޅުގޮތް ހޯދަން ސޯޝަލް މީޑިއާއިން ބައްދަލުވި މީހަކާ ގުޅުނު އަންހެނަކު ހުރިހާ ގޮތަކުން ނިކަމެތިވެ ހިތްދަތިކަމުގަ އުޅެންޖެހުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

އޭނާގެ ފިރިމީހާ އޭނާދެކެ ވަރަށް ލޯބިވެއެވެ. އެހެންވެ އަނބިމީހާ ގެންގުޅުނީ ވަރަށް ލޯބިންނެވެ. އޭނާއަށް ކޮށްނުދެވޭ ކަމަކީ އަގުބޮޑު އެއްޗެތި އަނބިމީހާއަށް ގަނެދިނުމެވެ. އެއީ އޭނާއަށް ލިބޭ މުސާރައިން އެހައި އަގުބޮޑު ޚަރަދުތައް ކުރެވެން ނުއޮންނާތީއެވެ.

ފިރިމީހާގެ ހެޔޮކަމާއިއެކުވެސް އަނބިމީހާ މަސައްކަތްކުރަމުން ދިއައީ ފިރިމީހާއަށްވުރެ ޒުވާން، ރީތި އަދި ތަނަވަސް ފިރިއަކު ހޯދުމަށެވެ. ފިރިމީހާ މަސައްކަތުދިއުމުން އޭނާ އަބަދުހެން ކުރާ މަސައްކަތަކީ ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވުމެވެ. 

އެމަސައްކަތުގެ ތެރެއިން ވަރަށް ރީތި މީހެއްގެ ޕްރޮފައިލް ފެނުމުން މެސެޖުކޮށް ދެމީހުން ގުޅެނެވެ. އެމީހާ އަންހެންމީހާއަށް އަގުބޮޑު ހަދިޔާތައްވެސް ފޮނުވަންފެށިއެވެ. ރަނގަޅަށް މަޅީގައި ޖެއްސުމަށްފަހު އަންހެންމީހާގެ ކިބައިން އެދުނީ ބަރަހަނާ ފޮޓޯއާއި ވީޑިއޯއަށެވެ. އެކަންވެސް އޭނާކޮށްދިނެވެ. 

ދުވަސްކޮޅެއްފަހުން ފިރިމީހާ އާދޭސްކޮށްކޮށް ހުއްޓައި ވަރިވެގެން އެމީހާގެ ގެއަށް ދިއައެވެ. ބެލްޖެހުމުން ދޮރުހުޅުވީ އުމުރުންދުވަސްވީމީހެކެވެ. އޭނާގާތު ހާޝިމް ކޮބައިތޯ ސުވާލުކުރުމުން ޖަވާބުގައި ބުނީ ހާޝިމަކީ އޭނާކަމަށެވެ. ފުރަތަމަ ލަނޑު ލިބުނީއެވެ. ޒުވާން ރީތި މީހަކުކަމަށް މިގުޅެވުނީ ޢުމުރުން ދުވަސްވީ އަދި ފިރިމީހާއަށްވުރެ ސިފަ ހުތުރު މީހަކާއިއެވެ. 

އެވަރުންވެސް ޝުކުރުކޮށްލާފައި އޭނާ އާއި ކައިވެނިކުރަން ނިންމައި އެގޭގައި މަޑުކުރިއެވެ. އެގޭގައި އުޅެންފެށުމުން އެނގުނީ އޭނާއަކީ އަޚްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ މީހެއްކަމެވެ. ރުޅިގަދަ އަނިޔާކުރާ މީހެއްކަމެވެ. ލޯބިވެ ލޯބިދޭން ނުވެސް ދަންނަ މީހެއްކަމެވެ.

އެވަރުންވެސް ނިމުނީއެއް ނޫނެވެ. އޭނާގެ ގެއިން ކުއްޔަށްދިފައި ހުންނަ 3 ކޮޓަރިން ލިބޭ ފައިސާ ޚަރަދުކުރަނީ ހިލޭ އަންހެނުންނަށެވެ. ކުރިމަތީގައިވެސް ހިލޭ އަންހެނުން ގެއަށް ވައްދައިގެން ކޮޓަރީގައި ގެންގުޅެފައި ބުނަނީ އެއީ އެކުވެރިންކަމަށެވެ. ލަނޑު ފުންޏެއް ލިބުނީއެވެ. 

އެހިސާބުން އެގެއިން ނުކުމެގެންދާން އުޅުމުން ބުނީ ކައިވެނި ނުކޮށްފިނަމަ އޭނާގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކްކޮށްލައި އެންމެންނަށް ދައްކާނެ ކަމަށެވެ. އެންމެފަހު ލަނޑަކަށް ބްލެކްމޭލްވެ އަޅުވެތިވާންޖެހުނީއެވެ. 

ލިބުނު ދެރައާއިމެދު ވިސްނާފައި ކޮންމެ ޙާލެއްޖެހުނަސް ހެޔޮކަމަށް ނިންމައި އެންމެފަހުން އެގެއިން ނުކުމެ ކުރީގެ ފިރިމީހާގެ ގާތަށްގޮސް ހުރިހާވާހަކަތަކެއް ކިޔައިދީފައި މާފަށް އެދުނެވެ. ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށްބުނެ ލޯބިން އުޅޭނެ ކަމަށް ވަޢުދުވިއެވެ. 

ފިރިމީހާ އެއްވެސް ޖަވާބެއްނުދީ މަޑުކޮށްލުމަށްފަހު ބުނީ ދެން ބަލައިގަނެވެން ނެތް ކަމަށެވެ. ކައިވެނިކުރާނެ އަންހެނަކު ހޯދާފައި އެބަހުރިކަމަށާއި ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށެވެ. އޭނާއަށް ދެރައެއް ދޭން ބޭނުންނުވާ ކަމަށެވެ. އަދި އެގޭގައި ބެއިންދެންވެސް ނެތް ކަމަށެވެ. 

އޭނާއަށް ޖެހުނީ އެކުވެރިއެއްގެ ގޭގައި ނޯކިރީކޮށްދޭން އުޅޭށެވެ. ކައިވެނިކުރާނެ މީހަކު ލިބުނީ އެގޭގައި އުޅޭތާ 2 އަހަރުވީފަހުންނެވެ. އެއީވެސް މުސްކުޅިއެކެވެ. އަނބިމީހާ މަރުވެފައިވާ މީހެކެވެ. ކުޑަ 4 ދަރިންގެ ބައްޕައެވެ. ކައިވެނިކޮށްގެން ޖެހުނީ ފިރިމީހާގެ ދަރިން ބަލައިދޭން އެގޭގައި އިންނާށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކަށް ކަންކަން މެދުވެރިވިގޮތެވެ. އޭނާއަށް ޖެހުނު ޙާލުގެވާހަކައެވެ. އަޅުގަނޑަކީވެސް އަނހެނަކަށްވެ ހުރެމެ މިވާހަކަތައް މިކިޔައިދިނީ މިޙާދިސާއިން ވަރަށް ބޮޑެތި ޢިބްރަތްތަކެއް ލިބިގެންދާތީއެވެ. ކޮންމެ އަންހެނަކުވެސް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ހުރުމުންނެވެ. 

ސޯޝަލްމީޑިއާއިން ބައްދަލުވާ މީހުންނާއި ގުޅި މިފަދައިން ޙާލުގައި ޖެހޭ އަންހެނުން މިދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ހަމައެއާއިއެކު ހެޔޮލަފާ ރަނގަޅު ފިރިން މިހައި މަދުއިރުވެސް ލިބޭ ހެޔޮލަފާ ރަނގަޅު ފިރިންނަށް ފުރަގަސްދީފައި ދުރަށް ދިއުން ބޮޑެތި ހިތާމަތައް އުފުލަންޖެހޭ އަނހެނުންވެސް މިދަނީ އިތުރުވަމުންނެވެ. ވީމާ މިއީ މިފަދަ ހުރިހާ ކަމަކަށް ބެލިނަމަވެސް ވަރަށް ޢިބްރަތްތެރި ޙާދިސާއެއް ކަމަށް ދެކެމެވެ.

 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް