އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި 5 މީހަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި 5 މީހަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، އޭނާއަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއްގައި 5 މީހަކު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.

މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ރަހީނުކޮށް އަނިޔާކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އޭނާ ރަހީނުކޮށްގެން ގެންގުޅެފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން 25 އާ ހަމައަށް ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ، އަނިޔާ ލިބުނު ފަރާތް ފަރުވާ ހޯދުމަށް އޭނާގެ މަންމައާއެކު ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިޔުމުން، އެތަނުގައި ތިބި ފުލުހުން އިތުރަށް ސުވާލުކުރުމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 5 މީހުންނަކީ:
1. އަލީ ސާމީ (24 އަހަރު، ރ. ކަނދޮޅުދޫ / މެހުރާ)
2. އަހްމަދު ސާއިފް ވަހީދު (18 އަހަރު، ގދ. ގައްދޫ / ހުދުވެލި)
3. މުޙައްމަދު ނައުޝާދު ހުސައިން (21 އަހަރު، ތ. ތިމަރަފުށި / އުތުރުގެއާގެ)
4. މުޙައްމަދު ނަފާހު (23 އަހަރު، ކ. މާފުށި / ފުލްމޫން)
5. އަޙްމަދު ޒަޔާން (24 އަހަރު، ލ. ގަން / ތުނޑި ލިންކް)

ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގައި ހިމެނޭ މުޙައްމަދު ނަފާހު އާއި އަޙްމަދު ޒަޔާންއަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައި ވަޒީފާ އަދާކުރަމުން އަންނަ ދެމީހުންނެވެ.
 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު