އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތާމަވެރި ޙާލަތެއް ކުރިމަތިވެއްޖެނަމަ މިފަދައިން ދުޢާކުރާށެވެ!

ހިތާމަވެރި ޙާލަތެއް ކުރިމަތިވެއްޖެނަމަ މިފަދައިން ދުޢާކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 31 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

· ފިކުރުބޮޑުވުން: 

ފިކުރުބޮޑުވެ ހާސްވުމަކީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިވާ ކަމެކެވެ. މިފަދަ ކަންކަން ދިމާވުމުންވެސް އެންމެ ފުރަތަމަކަމަކަށް އޮތީ ﷲ ތަޢާލާ ހަނދުމަކުރުމެވެ. 

ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 139 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ ﴿١٣٩﴾‏

މާނައީ: "ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمن ން ކަމުގައި ވާނަމައެވެ. (139)"

މިފަދަ ޙާލަތްތަކުގައި ޢަމަލު ކުރެވިދާނެ، އަދި ނަފްސާނީ ގޮތުން ބަލިވުމުން ރައްކާތެރިވުމަށް ޢަމަލުކުރެވިދާނެ ބައެއް ގޮތްތައް ހުރެއެވެ. އެގޮތުން ހެނދުނާ ހަވީރު ކިޔަން ވާރިދުވެފައިވާ ޛިކުރުތައް ކިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

މީގެ އިތުރުން ނަބިއްޔާ صلى الله عليه وسلم ކުރެއްވި ދުޢާއެއްގައި ވެއެވެ. 

«اللَّهُمَّ إِنِّي عَبْدُكَ، وَابْنُ عَبْدِكَ ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجِلَاءَ حُزْنِي، وَذَهَابَ هَمِّي» 

"އޭ ﷲ! ހަމަކަށަވަރުން އަހުރެންނީ އިބަ އިލާހުގެ އަޅަކީމެވެ. އަދި އިބަ އިލާހުގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަ އިލާހުގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މި އަޅާގެ ލަގަންވަނީ އިބަ އިލާހުގެ އަތްޕުޅުގައެވެ. އިބަ އިލާހުގެ ޙުކުމްފުޅު މި އަޅާގެ މައްޗަށް ތަންފީޒު ވެގެންވެއެވެ. އިބަ އިލާހުގެ ނިޔާކުރެއްވުން މި އަޅާއާމެދު ޢަދުލުވެރިވެގެން ވެއެވެ. އިބަ އިލާހުގެ އަމިއްލަ ޒާތުފުޅަށް ޚުދު އިބަ އިލާހު ދެއްވާފައިވާ ނުވަތަ އިބަ އިލާހުގެ ފޮތުގައި ބާވާލައްވާފައިވާ ނުވަތަ އިބަ އިލާހުގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އުނގަންނަވައިދެއްވާފައިވާ ނުވަތަ އިބަ އިލާހުގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި ޚާއްޞަ ކުރައްވާފައިވާ އިބަ އިލާހުގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މި އަޅާގެ ހިތުގެ ބަހާރުކަމުގައާއި، މި އަޅާގެ ހިތުގެ ނޫރުކަމުގައާއި، މި އަޅާގެ ހިތާމަ ފިއްލަވައިދޭ ޒަރިއްޔާކަމުގައާއި އަދި މި އަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރްއާން ލައްވައިދިނުމަށް އިބަ އިލާހުގެ ޙަޟްރަތުގައި އެދި ދަންނަވަމެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް