އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ފެބްރުއަރީ 23 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭ!

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ފެބްރުއަރީ 23 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މިއަދު ވިދާޅުވެއްޖެއެވެ.

އެމް.އެފް.ޑީ.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލަށް ތަޢާރަފްކުރެވުނު "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު" ގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން އެމް.އެފް.ޑީ.އޭ ގައި ރަޖިސްޓްރީވެ ލައިސަންސް ހޯދަންޖެހޭ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެމް.އެފް.ޑީ.އޭ އިން ވަނީ "ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރކޮށް، ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުޞޫލު" އެކުލަވާލާ އާންމުކޮށްފައެވެ. މި ގަވާއިދުގެ ދަށުން، ރަޖިސްޓަރކޮށް ލައިސަންސް ހޯދުމަށްޓަކައި ސަރުކާރުގެ "ވަންގަވް" ޕޯޓަލް މެދުވެރިކޮށް އެމް.އެފް.ޑީ.އޭ އަށް ހުށައަޅަންވާނެއެވެ.

ނަމަވެސް، މީހުން ދިރިއުޅޭ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަގުތީ ގޮތުން ޤާއިމުކުރާ މާރުކޭޓުތަކާއި އުޅަނދުތަކާއި ސްޓޭންޑްތައް ރަޖިސްޓަރކުރުން ލާޒިމް ނުވާނެކަމަށް އެމް.އެފް.ޑީ.އޭ އިން ބުނެފައިވެއެވެ. އެހެންނަމަވެސް، މިފަދަ ތަންތަނުންވެސް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރަންވާނީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ އޮތޯރިޓީން އިތުރަށް ބުނެފައިވެއެވެ.

މީގެއިތުރުން، "ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ޢަމަލުކުރަންޖެހޭގޮތުގެ މިންގަނޑު" އެމް.އެފް.ޑީ.އޭ އިން ވަނީ މިހާރު ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މި އައު ގަވާއިދުތަކަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު