އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެއްވަވާ ރިޒުޤް މަދުވެގެން ކަންބޮޑުނުވާށެވެ! ބޭނުން އެއްޗެއް ނުކެވޭ ބިލިއަނަރުންވެސް މަދެއް ނޫނެވެ!

ދެއްވަވާ ރިޒުޤް މަދުވެގެން ކަންބޮޑުނުވާށެވެ! ބޭނުން އެއްޗެއް ނުކެވޭ ބިލިއަނަރުންވެސް މަދެއް ނޫނެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

ޤައުމެއްގެ އެންމެމުއްސަނދި މީހަކާއި ބައްދަލުވިއެވެ. އޭނާގެ ގޭގައި އޭނާގެ ފައިސާގައި ކައްކައިގެން ކޮންމެ ފަހަރަކުވެސް މޭޒުމައްޗަށް ނުގެންނަ އެއްޗެއް ނެތްކަމަށް ބުނެވޭހައި ގިނަ ބާވަތްތަކުގެ ތަކެތި ތައްޔާރުކޮށްފައި ކާމޭޒުމަތީގައި ހުރެއެވެ. ނަމަވެސް އޭނާއަށް ކާން ޖެހެނީ 6 އިންޗި ހުންނަވަރުގެ ހިމަ ލީކްސްކޮޅަކާއި ދެ ލޮނުމިދާއި 2 ފޮތި ޢާޓާ ފުށުގެ ޕާނެވެ. 

މިފދަ ކަންކަމުން އެނގިގެން މިދަނީ އަތުގައި ފައިސާ ކިތަންމެ ގިނައިން ހުރިނަމަވެސް ތަފާތު ސަބަބުތައް މެދުވެރިވެ އެއްވެސް މީހަކަށް އަބަދު އެމީހަކު ކާން ބޭނުންވާހައި އެއްޗެއް ކެއުމުގެ ފުރުޞަތު ނުއޮންނަ ކަމެވެ. ދެއްވަވާ ފުރުޞަތާއި ޙާލަތު ބަދަލު ކުރައްވަމުން ގެންދަވާ ކަމެވެ! 

އެއްވެސް މީހެއްގެ ރިޒްޤަކީ ހުރިހާ ދުވަހަކު އެއްވަރަކަށް ދެއްވަވާނެ އެއްޗެއް ނޫނެވެ. މިހެން ބުނުމުން މުއްސަނދިން، މިލިއަނަރުން އަދި ބިލިއަނަރުން ކޮންމެ ދުވަހަކު ވެސް އެމީހުންކާން ބޭނުންވާ އެއްޗެއް ކަމުން ގެންދާކަމަށް ބުނެފާނެއެވެ. އެހެންވެ ފުރަތަމަ ވެސް ޖަވާބު މިދިނީ އެފަދައިން ބުނެފާނެ މީހުންނަށެވެ. 

އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ! ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުންގެ ތެރެއިންވެސް އެމީހަކު ކާން ބޭނުންވާ އެއްޗެއް ކޮންމެ ދުވަހަކު ކެވޭނީ ހަމަ ވަރަށް މަދު މީހަކަށެވެ. ޞިއްހީ ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެގެން އޮންނާނީ ގިނަ އެއްޗެތި ނުކެވިފައެވެ. ގިނަވާނީ  ކުރިން މިބުނި ފަދައިން ކާނެ އެއްޗެތި މޭޒުމަތީގައި ހުރިނަމަވެސް ކޮންމެވެސް ބަޔަކާއިހުރެ ޑޮކްޓަރުން މަނާކުރުމުގެ ސަބަބުން ނުކެވޭ މީހުންނެވެ. 

ލިބޭ ރިޒުޤްމަދުވެ ދަތިޙާލުގައި އުޅެންޖެހިއްޖެނަމަ ޤަބޫލުކުރަންވީ އެޙާލަތަކީވެސް ހަމަ ﷲ ތަޢާލާ ކުރިމަތިކުރެއްވެވި ޙާލަތެއް ކަމެވެ. ގިނަ ބައަކަށް އަބަދުވެސް އެފަދަ ދަތިޙާލުގައި އުޅެންޖެހިފައިވާ ކަމެވެ. ޔަޤީންކުރަންވީ ޙާލަތު ﷲ ތަޢާލާ ބަދަލުކޮށްދެއްވެވުމުން ނޫނީ ބަދަލު ނުވާނެ ކަމާއި ޙާލަތު ބަދަލުކޮށް ދެއްވަވާނެ ކަމެވެ. 

މިކަންކަން މިގޮތަށް ވިސްނާނަމަ ހާލަތާއިމެދު ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ! އަނގައަށް ލާނެ އެންމެ ސުވަލެއްގެ މިންވަރު އަތުގައި ހުރި ނަމަވެސް ޝުކުރުވެރިވާށެވެ! އަވަށްޓެރިޔާ ހުރީ ނުކައި ނަމަ އެއިން އެއްބައި އަވަށްޓެރިޔާއަށް ދީގެން ނޫނީ ނުކާށެވެ! ﷲ ތަޢާލާގެ ރަޙްމަތް އޮހެން ފަށާގޮތް ނުވެސް އެނގޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް