އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސާކްގެ އެސްޖީ ރައީސް ސޯލިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސާކްގެ އެސްޖީ ރައީސް ސޯލިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދް ޙުސައިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ދަޢުވަތު ގަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގެންނެވީތީވެ ސެކްރެޓަރީ ޖެނެރަލަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ސެކްރެޓަރީ ޖެނެރަލް ވެސް ވަނީ މި ޚާއްޞަ ޝަރަފުވެރި ރަސްމިއްޔާތަށް ދަޢުވަތު އެރުވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ކުރިއަށް އޮތް 19 ވަނަ ސާކް ސަމިޓް ބޭއްވުމަށް މިހާރު ދިމާވެފައިވާ ހުރަސްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވައި މިކަމުގައި ރާއްޖޭގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އަދި، އަށް ޤައުމު ހިމެނޭ ސާކްގެ މެމްބަރު އެހެން ޤައުމުތަކާއެކު ވާހަކަ ދައްކައިގެން ސަމިޓް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސެވުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލަށް ދެއްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ