އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާއަށް ބޭވަފާތެރިވެ މަކަރުހަދަމުން އައި ފިރިއަކަށް އަނބިމީހާ ދިން ފިލާވަޅު- އެގޮތަށް ކަންކަން ކުރާ ފިރިންނަށް ޢިބްރަތަކަށް ފުދޭނެ!

އަނބިމީހާއަށް ބޭވަފާތެރިވެ މަކަރުހަދަމުން އައި ފިރިއަކަށް އަނބިމީހާ ދިން ފިލާވަޅު- އެގޮތަށް ކަންކަން ކުރާ ފިރިންނަށް ޢިބްރަތަކަށް ފުދޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

އެއީ އޮފީސް މަސައްކަތެއްގައި އަނބިމީހާ އެހެން ސިޓީއަކަށްދާން އޮތް ދުވަހެކެވެ. ހެނދުނު އޮފީހަށް ދިއައީ ގެއަށް ނައިސް އޮފީހުން ފުރަންދާގޮތަށް ތައްޔާރުވެގެންނެވެ. ފިރިމީހާ އަވަސްއަވަހަށް އޭނާގެ ލޯބިވެރިޔާއަށް ގުޅައި ގެއަށް ގެނައެވެ. 

ދެމީހުން ސިޓިންގރޫމްގައި ތިއްބާ އަނބިމީހާ ގެއަށް އައިއިރު އެތެރެއިން ތަންޑުއަޅާފައިހުރުމުން ބެލްޖެހިއެވެ. ދޮރުހުޅުވީ 10 ވަރަކަށް މިނިޓް ފަހުންނެވެ. އެއިރު ލޯބިވެރިޔާ ހުރީ މަސައްކަތު އެޕްރޮން އަޅުވާފައެވެ. ކުނިކަހަނީއެވެ. އަނބިމީހާ ގާތުގައި ބުނީ މަސައްކަތު އަންހެންމީހާއަށް މިއަދު ނާދެވޭތީ މިއީ ގޭގެ މަސައްކަތަށް މިއަދަށް ގެނައި އަންހެނެއް ކަމަށެވެ. 

އަނބިމީހާ ވިސްނާލާފައި މަސައްކަތް ދައްކަން ފެށިއެވެ. ފާޚާނާތައް ދޮންނަން ޖެއްސުވިއެވެ. ފާޚާނާތަކަށް ކެމިކަލް ޖަހައިގެން ދޮވެނިމުނުއިރު ހުރީ ނޭވާ ހާސްވެފައެވެ. ނިމޭއިރަށް ފިރިމީހާގެ އެއްޗެތި ދޮންނަންވެސް ޖެއްސުވިއެވެ. އެމަސައްކަތްތަކަކީ އޭނާ ޢާންމުކޮށްކުރާ ކަންކަން ކަމަށް ނުވާތީ ނުކުރެވިގެން މަސައްކަތުން ރެކެންވެގެން އެދުވަހު ތަންކޮޅެއް އަވަހަށް ގެއަށްދާންޖެހޭ ކަމަށް ބުންޏެވެ. 

އެހެން ބުނުމުން އިހަށް މަޑުކޮށްލަން ބުނެފައި އަނބިމީހާ ކޮޓަރިއަށްވަދެފައި އައީ ކުނިއަޅާ ބޮޑު ދެކޮތަޅު ހިފައިގެންނެވެ. ދަމުން މިދެކޮތަޅު ގެންގޮސް ބޮޑުކުނިވަށިގަނޑަށްލާން ބުންޏެވެ. ހިފައިލި ބަރުކަމުން ނުއުފުލެއެވެ. އެހެންވެ ތިމަންނަ އެއްލައިލަދީފާނަމޭ ކިޔާފައި ދެކޮތަޅު ހިފައިގެން ލޯބިވެރިޔާއާއިއެކު ގެއިން ނުކުމެފައި އެއީ ކުނި ނޫންކަމަށް ޝައްކުވެގެން ކޮތަޅު ބަލައިލިއިރު އަޅާފައިހުރީ ފިރިމީހާގެ އަންނައުނާއި ބޭނުންކުރާ ތަކެއްޗެވެ. 

ދޮރުމަތީގައި އަނބިމީހާ ބަލަންހުރިތަން ފެނުމުން މިއީ ކުނި ނޫންކަމަށާއި އޭނާގެ އެއްޗެތިކަމަށްބުނުމުން އަނބިމީހާ ބުންޏެވެ. "މިހާރު ތިއައީ ކުންޏެވެ. މިގެއަށް ނުވައްދައި ގެންދާނެތަނަކަށް ގެންދާށެވެ. ތިއަ އެއްޗެތީގެ ވެރިމީހާއަކީވެސް ބޮޑު ކުނިގަނޑެކެވެ. މާވިސްނޭ މީހަކަށް ހެދިގެން ލައްކަ ދުވަހު މަކަރުހަދައިފީމެއް ނޫންހެއްޔެވެ؟ މިއަދު ތިއަހުރީ އަތުލައިގެންފައެވެ. ދެންވެސް ވާހަކަދައްކަން ނުހުރެ ލޯބިވެރިޔާ ފަހަތުން ބާރަށްދާށެވެ." 

އެހެން ބުނެފައި ފިރިމީހާ މާފަށް އެދި ދެއްކި ވާހަކަތަކުގެ އަޑުއަހަން މަޑުނުކޮށް އަނބިމީހާ ގެއަށް ވަދެފައި ގޭގެ ދޮރުތަޅުލީއެވެ. ފިރިމީހާއަށް ޖެހުނީ ދެކޮތަޅު ހިފައިގެން ނުކުމެގެންދާށެވެ. ދާނެ ވަކިތަނެއްވެސް ނެތް ޙާލުގައެވެ. ލޯބިވެރިޔާ ކޮބައިތޯ ބަލައިލިއިރު އޭނާ ގޮސް އޮބާލައިފިއެވެ. ގުޅާގުޅައި ފޯނުވެސް ނުނެގިއެވެ. 

މިއީ އަޅުގަނޑު ބެލި ސީރީޒަކުން ފާހަގަކޮށްލެވުނު ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ތެރެއިން އަންހެންބޭކަންބަލުންގެ ގާތުގައި ބުނެލަން އޮތީ ކުނި މީހުންނާއިއެކު ދިރިއުޅެން ނުހަދައި މިވާހަކައިގައި އަނބިމީހާ ކަންތައްކުރިގޮތައް ކުނީގެ ގޮތުގައި އަވަހަށް ބޭރުކޮށްލާށެވެ. ފިރިހެން ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ ރިވެތި ގޮތުގައި ދިރިއުޅޭ އަނބިންނަށް ވައްކަންކުރާއިރު ކޮންމެވެސް ދުވަހަކުން ފަޅާއަރާނެކަމާއި ފަޅާއެރީމާ ކުނީގެ ގޮތުގައި ބޭރުކޮށްލާނެކަން ދަނެގެން އުޅޭށެވެ. 

އިތުރަށްވެސް ބުނެލާނަމެވެ. އަންހެނުންނަމަވެސް ކުނިވެގެން އުޅޭނަމަ ފިރިން ހަމަ މިގޮތަށް ކުނީގެ ގޮތުގައި ބޭރުކޮށްލާނެކަން ދަނެގެން ދިރިއުޅޭށެވެ. ޙައްލަކީ ދެމީހުންވެސް ކުނިނުވެ ދިރިއުޅުމެވެ. 

- ޝިޔާމާ މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް