އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވާ މީހާ ތިމާއަށް ނުލިބި އެހެން މީހަކަށް ލިބުމުން ސިޙުރުހަދައި އެބޮޑު ފާފަ ބޮލުގަ އަޅައިގެން އަމިއްލައަށް ނަރަކައަށް ވަންނަ މީހުން ވިސްނާލަންޖެހޭ ކަންތައް!

ލޯބިވާ މީހާ ތިމާއަށް ނުލިބި އެހެން މީހަކަށް ލިބުމުން ސިޙުރުހަދައި އެބޮޑު ފާފަ ބޮލުގަ އަޅައިގެން އަމިއްލައަށް ނަރަކައަށް ވަންނަ މީހުން ވިސްނާލަންޖެހޭ ކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

އެމީހަކު އެދުނު ގޮތަށް ކަންކަން މެދުވެރިނުވެ އެހެން ގޮތަކަށް ކަންކަން މެދުވެރިވުމުން އެވަޤުތު ދެރަވެވޭނެއެވެ. ކަންބޮޑުވެވޭނެއެވެ. ހިތްދަތިވެސް ވެވޭނެއެވެ.

އެކަމަކު ޔަޤީންކުރާށެވެ! ތިބާ އެދުނު ގޮތް ނޫން އެހެން ގޮތަކަށް ﷲ ތަޢާލާ ބަދަލުކުރައްވަވާނީ ތިބާއަށް ރަނގަޅަކަށް ކަމަށެވެ. ތިބާއަށް އެންމެ ފައިދާކުރާނެ، އެންމެ ރަނގަޅު ގޮތް ތިބާއަށްވުރެ ބޮޑަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމެވެ.

މިކަން އެންމެ ރަނގަޅަށް ޤަބޫލުކުރެވޭނީ ޙަޔާތުގެ ބައިވެރިޔާ އާއިމެދު ވިސްނައިލުމުންނެވެ. ގިނަވާނީ ތިމާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވި މީހާ ނޫން އެހެން މީހަކު ބައިވެރިއަކަށް ލިބުނުކަމަށްޓަކައި އުފާކުރާ މީހުންނެވެ.

ގިނަ ބައަކު މިކަންކަމަކަށް ނުވިސްނައެވެ. ކޮންމެ ގޮތަކުންނަމަވެސް ތިމާ އެންމެ ލޯބިވާ މީހާއާއި ގުޅެން މަސައްކަތްކުރަނީއެވެ. އެކަމަށް މަސައްކަތްކުރަން ހަދައިގެން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައްވެސް އަދާނުކުރެވެނީއެވެ. ކުރަންޖެހޭ އަޅުކަންވެސް ނުކުރެވެނީއެވެ. އޭނާ އެހެން މީހަކާ ގުޅިއްޖެ ސިޙުރު ހައްދުވައި އެކަމުގެ ފާފަ ބޮލުގައަޅައިގެން އަމިއްލައަށް ނަރަކައަށްވެސް ވަންނަނީއެވެ. (ނަރަކައިގެ ޢަޛާބަށް ބިރެއްނެތި އަމިއްލަ އެދުން ކުރިއަށް ނެރެނީއެވެ.)

އަދިވެސް އިތުރު މިޘާލެއް ބުނެލާނަމެވެ. ދިރިއުޅެން ކުރަން ތިމާ އެންމެ ބޭނުންވި މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރަންޖެހޭ މީހުން މަދެއް ނޫނެވެ. އަދި ކުރަންޖެހުނު މަސައްކަތުގައި ކުރިއަރައި ގޮސް އެންމެ ކާމިޔާބު މީހުންނަށް ވެގެން ތިބި މީހުންވެސް މަދެއް ނޫނެވެ.

މިކަމުންވެސް އެނގިގެންދަނީ ހަމަ އެންމެ ކަމެކެވެ. އެމީހާ ކުރަން އެންމެ ފައިދާހުރި މަސައްކަތްވެސް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމެވެ.  

- ޔާސްމީން މުޤާހިދުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް