އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާ ފިރިމީހާއަށް އަދި ފިރިމީހާ އަނބިމީހާއަށް ހެޔޮ ނަޞޭޙަތް ދޭންޖެހޭނެ! ނަޞޭޙަތް ޤަބޫލުކުރަންވެސް ޖެހޭނެ!

އަނބިމީހާ ފިރިމީހާއަށް އަދި ފިރިމީހާ އަނބިމީހާއަށް ހެޔޮ ނަޞޭޙަތް ދޭންޖެހޭނެ! ނަޞޭޙަތް ޤަބޫލުކުރަންވެސް ޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ބައެއް ފިރިން ޤަބޫލުކުރާގޮތުގައި ޢާއިލާގެ އެންމެ އިސް މީހަކީ އޭނާކަމަށްވުމުން އޭނާކުރާ އެއްވެސް ކަމަކާއި ބެހެވޭނެ މީހަކު ނުހުންނާނެއެވެ. އަނބިމީހާއަށްވެސް ނުބެހެވޭނެއެވެ. ކޮންމެ ގޮތަކަށް އުޅުނަސް، ކޮންމެ ކަމެއް ކުރިޔަސް ނަޞޭޙަތެއްވެސް ނުދެވޭނެއެވެ.  

އެއްވެސް ޝައްކެއް ނެތެވެ. ޢާއިލާގެ އިސްމީހަކީ ފިރިމީހާއެވެ. އެހެންވެ އޭނާއަށް އިޙްތިރާމްކުރަންޖެހޭނެއެވެ. ނަމަވެސް ނަޞޭޙަތް ދެވޭނެއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. ދެމަފިރިން އެކުގައި ސުވަރުދާންކުރާ މަސައްކަތް ކާމިޔާބުކުރެވޭނީ އެކަކު އަނެކަކަށް ހެޔޮ ނަޞޭޙަތްދީގެންނެވެ. އަދި ނަޞޭޙަތް ޤަބޫލުވެސްކޮށްގެންނެވެ.  

ދެމަފިރިންގެ ގުޅުމަށް ބުރޫއަރައި ނުވަތަ އުނިކަން އަންނަފަދަ ކަމެއް ކޮންމެ މީހަކު ކުރާނަމަވެސް އެކަން ނުކުރަން ބުނެވޭނެއެވެ. އެކަމެއް ކުރުން ހުއްޓާލަން ބުނެވޭނެއެވެ. އެއީ އަނެކާގެ މައްޗަށް އަމުރުކުރުމެއްވެސް ނޫނެވެ. އެކަން ހިމެނިގެންދާނީ ނަޞޭޙަތްދިނުމުގެތެރެއިންނެވެ.  

އެންމެ މުހިންމު ކަމަކީ ދެމީހުންވެސް އެކަކު އަނެކަކަށް އިޙްތިރާމްކޮށް ލޯބިން އެކުގައި އެކުގައި އުޅެން މަސައްކަތްކުރުމެވެ. އެކަންކުރެވޭނީ ދެމީހުންވެސް އަނެކާގެ ކިބައިން ފެންނަ ނޭދެވޭ ކަންކަން ފާހަގަކޮށް އަދި ފާހަގަކުރުމުން އެކަންކަން އިޞްލާޙްކުރަން މަސައްކަތްކޮށްގެންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ސުވާލު:. އަނބިދަރިންނަށްވުރެ ފިރިމީހާ ރައްޓެހިންނަށް އިސްކަން ދިނުމަކީ ކޮންކަހަލަ ކަމެއް؟ ފިރިމީހާ އެގޮތަށް އަބަދު ބޭރުގަ އުޅެންޏާ ފިރިމީހާ ކައިރީ އެކަން ނުކުރުމަށް އަނބިމީހާއަށް ބުނެވޭނެތޯ؟ 

ޖަވާބު:. އަނބިދަރިންގެ ޙައްޤުތައް އަދާކުރުމުގައި ފިރިމީހާ ފަރުވާކުޑަ ކުރާނަމަ އެކަން ރަނގަޅު ކުރަން ނަސޭހަތްދީ ވާހަކަ ދެއްކުމަކީ އަނބިމީހާއަށް ލިބިގެންވާ ހައްގެއް.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް