އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާއަށާ އާޚިރަތް ދުވަހަށް ބިރުވެތިވާ އަޅުން ބިރުން ތުރުތުރުއަޅަންޖެހޭ ވަރަށް އިންސާނުންގެ ތެރޭގަ ޝައިޠޯނުން ގިނަވެ ނުރައްކާ ބޮޑުކޮށްފި!: ޑރ. ޔާސިރު ޤާޟީ

ﷲ ތަޢާލާއަށާ އާޚިރަތް ދުވަހަށް ބިރުވެތިވާ އަޅުން ބިރުން ތުރުތުރުއަޅަންޖެހޭ ވަރަށް އިންސާނުންގެ ތެރޭގަ ޝައިޠޯނުން ގިނަވެ ނުރައްކާ ބޮޑުކޮށްފި!: ޑރ. ޔާސިރު ޤާޟީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ފުރަތަމަ ކަމަކީ އިންސާނުންގެ ތެރޭގައި ޝައިޠޯނުންވާކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތްކަމެވެ. މިއީ ކޮންފަދަ ބޮޑު ނުރައްކަލެއް ހެއްޔެވެ؟ ކޮންފަދަ ބޮޑު ބިރުވެރިކަމެއް ހެއްޔެވެ؟  

ސުވާލަކީ އެއީ ކޮންބައެއް ހެއްޔެވެ؟ ޖަވާބަކީ ތިބާއާއި ﷲ ތަޢާލާ އާއި ދުރުކުރުވަން މަސައްކަތްކުރާ ކޮންމެ މީހަކީވެސް ޝައިޠޯނުންގެ ތެރޭގައި ހިމެނޭ އިންސާނެކެވެ. އެއީ ޝައިޠޯނާގެ މަންދޫބެކެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރަން ހިތްވަރުދީ މަގުފަހިކޮށްދޭނަމަ އެއީ ކަނޑައެޅިގެން ފެންނަންހުރި ޝައިޠޯނެކެވެ. އެއީ އެއްވެސް ޝައްކެއްހުރި ކަމެއް ނޫނެވެ.  

މިޘާލަކަށް ބުނާނަމަ ނަމާދުކުރަން ހުރަސްއެޅޭ ގޮތަށް ކަންކަން ކުރަން ހިތްވަރުދީ ރާވަނީ އިންސާނުންގެ ތެރޭގައި ތިބޭ ޝައިޠޯނުންނެވެ. ނަމާދުވަޤުތުތައް ޖެހި ފާއިތުވެގެންދާއިއރުވެސް ނަމާދުނުކޮށް ދުނިޔަވީ މަސައްކަތްތަކުގައި ޣާފިލުވެތިބުމަށް ޙިތްވަރުދެނީ ޝައިޠޯނުންނެވެ.  

ޔަޤީންކުރާށެވެ! ތިބާގެ އަތުގައި ކިތަންމެ ގިނަ އަދަދަކަށް ފައިސާހުރި ނަމަވެސް، ކިޔަވައިގެން ކިތަންމެ މަތީ ޑިގްރީއެއް ޙާޞިލްކޮށްގެން ހުރިނަމަވެސް ތިމާ ދުނިޔެއަށް ފޮނުއްވެވުނު ސަބަބު ނުއެނގޭނަމަ އެމީހާގެ ދިރިއުޅުމަކީ ގެއްލެނިވެގެންވާ ދިރިއުޅުމެކެވެ. އެމީހާގެ ދިރިއުޅުމުން އެމީހަކަށް ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ.  

ވީމާ ފާވeގެން މިއުޅޭ ޝައިޠޯނުންތަކަށް ސަމާލުކަން އިތުރުކުރާށެވެ! މިޝައިޠޯނުންތައް ފާވެގެން އުޅޭކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ. މައްސަލައަކީ ޝައިޠޯނުންތަކުގެ ކިބައިން ސަލާމަތްވާން ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭކަމެވެ. އެޝައިޠޯނުންތަކުގެ ވަސްވާސްތަކަށް ހެއްލެވޭކަމެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް