އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ނިކަމެތިންނަށް ހޭދަނުކުރާނަމަ އެހުރެވެނީ ނަރަކައިގެ ތުންފަތްމަތީގަ! ގާތީވެސް ނަރަކައަށް ވެއްޓުން!

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ނިކަމެތިންނަށް ހޭދަނުކުރާނަމަ އެހުރެވެނީ ނަރަކައިގެ ތުންފަތްމަތީގަ! ގާތީވެސް ނަރަކައަށް ވެއްޓުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު

ﷲ ތަޢާލާ އެމީހަކަށް ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާގެ މަގުގައި ނިކަމެތިންނަށް ހޭދަނުކުރާ މީހުންނަށް އެތިބެވެނީ ނަރަކައިގެ ތުންފަތްމަތީގައެވެ. އެހެނީ އެފަދަ މީހުންނަޚީ ދަހިމީހުންނެވެ. ދަހިވެތިކަމުގެ ސިފަ ހުންނަނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ޙަދީޘްފުޅުގައި އޮތީ ކަދުރުއޮށެއްދޭ ވާހަކައެއް ނޫނެވެ. އެށެއްގެ ފަޅިވަރަކުންނަމަވެސް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވުމަށެވެ. މާނައަކީ ކިތަންމެ ކުޑަމިންވަރެއް އަތުގައި އޮތަސް ޞަދަޤާތްކުރާށެވެ! އެހެންކަމަށްވާއިރު ﷲ ތަޢާލާ އެމީހަކަށް ތަނަވަސްކަން ދެއްވެވުމުން ޞަދަޤާތްނުކޮށްތިބުމުގެ ހުރި ނުބައިކަން ނިކަން ހިތަށް ގެނެސްބަލާށެވެ!  

ޞަދަޤާތްކުރަން ޖެހިލުންވެ ފަސްޖެހޭ މީހުން އެބިރުގަންނަނީ ޝައިޠޯނާއަށެވެ! އެމީހުންގެ ގާތުގައި ޝައިޠޯނާ ބުނެ ބިރުދައްކަނީއެވެ! "އެމީހުންނަށް ދީފިނަމަ ކަލޭ ފަޤީރުވެދާނެއެވެ. ޢާއިލާ ނިކަމެތިވެދާނެއެވެ!" ޝައިޠޯނާގެ އެވާހަކަ ޤަބޫލުކުރެވޭ މީހުން އެތިބީ ޝައިޠޯނާގެ ކަސްތޮޅުގައި ވަރުގަދައަށް ބަނދެވިފައެވެ.  

ﷲ ތަޢާލާގެ ވަހީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންރަސްކަލާނގެ ނެރެދެއްވި ތަކެތިންވެސް މެއެވެ. އަދި، އެއިން ހޭދަކުރުމަށްޓަކައި، ދެރަ ތަކެތި ޤަޞްދުނުކުރާށެވެ! ތިޔަބައިމީހުން (އެފަދަ ތަކެތީގައި ހިފާންޖެހޭ މީހުން ކަމުގައިވާނަމަ) އެ ތަކެއްޗާމެދު ނުރުހުންވެ ލޯމަރައިގެން ނޫނީ އެ ތަކެތީގައި ތިޔަބައިމީހުންވެސް ނުހިފާނޫއެވެ. ހަމަކަށަވަރުން، ﷲ އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!" (އަލްބަޤަރާ: 267)  

"ފަޤީރުވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް ޝައިޠޯނާ ބިރުދައްކަތެވެ. އަދި، އެ ޝައިޠޯނާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. ﷲ، ތިޔަބައިމީހުންނަށް ވަޢްދުކުރައްވަނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، ފަޟްލް ވަންތަ ކަމަށެވެ. ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

(އަލް ބަޤަރާ: 268)  

މީސްތަކުންނޭވެ! މިއީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ! ﷲ ތަޢާލާ ޔަޤީންކަން އެދެއްވަވަނީ އެކަލާނގެ މަގުގައި ހޭދަކުރުމުން މާގިނައިން ދެއްވަވާނެ ކަމަށެވެ. ދެއްވަވާނީ ކިހިނަކުންހެއްޔެވެ؟ ތިބާކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައިގެންނެވެ. އާމްދަނީ އިތުރުކުރެވޭނެ މގުތައް ދައްކަވައިގެންނެވެ. އެކަމަށް ބޭނުންވާ ހަކަތައާއި ވަސީލަތްތައް ދެއްވަވައިގެންނެވެ.  

ވީމާ އާދޭސްކޮށްފައި ބުނަމެވެ. ފަޤީރަކު ކަމަކު ހިނގައްޖެނަމަ އޭނާގެ ބޭނުން ފުއްދައިދެވެން އޮވެ ފުއްދައިނުދީ ހުސްއަތާ ދޫކޮށްނުލާށެވެ! ފުއްދައިދެވެން އޮތް މިންވަރަކުން ނަމަވެސް ފުއްދައިދޭށެވެ! ތިބާއަށް އެއިގެ ބަދަލުގައި މާގިނައިން ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް