އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުޢާ ނުކުރުމަކީ ބޮޑާ ކަމުގެ ސިފައެކެވެ!

ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުޢާ ނުކުރުމަކީ ބޮޑާ ކަމުގެ ސިފައެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރުމަކީ ވަރަށް ގިނަ ބައަކު އިހްމާލުވަމުންދާ ކަމެކެވެ. ބައެއް މީހުން އެއީ ކުރަންޖެހޭ ކަމެއްކަން ހަނދާނުގައި ބަހައްޓާކަމެއްވެސް ނުއެނގެއެވެ. ނުވަތަ ގިނަ ބައަކު ވަނީ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުންމަތިން ހަނދާންވެސް ނެތިފައެވެ.

އެފަދަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުން ފަރުޟާއި ސުންނަތް އަދާކުރާތީ އެމީހުން ތައުބާވާން ޖެހޭނެ ކަމެއް ނުއޮންނާނެ ކަމަށެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމަކީ ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

އިސްތިޣްފާރު ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެއްކަން ޔަޤީން ކުރެވެނީ ދުވަހަކުވެސް އެއްވެސް ފާފައެއް ނުކުރައްވަވާ އަހަރެމެންގެ އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ދުވާލަކު އެތައްފަހަރު ތައުބާވެވަޑައިގެންފައިވުމުންނެވެ. ދުވާލަކު މަދުވެގެން 100، 70 ފަހަރު އިތުރު މާތް ނަބިއްޔާ (ޞޢވ) އިސްތިޣްފާރު ކުރައްވަވާކަން ޙަދީޘުން ސާބިތުވާތީއެވެ.

އިސްތިޣްފާރުކުރުމަކީ ފެންދީ ހައްދަން ޖެހޭ ގަހެކެވެ! ނުވަތަ ފެންދީގެން ގަހެއް ހެއްދުން ފަދަ ކަމެކެވެ. ގަސް މިމާނަކުރީ އީމާން ކަމަށެވެ. ފެންދިނުން މިމާނަކުރީ އީމާންކަން ތާޒާކުރުމަށެވެ. ދިރުވައި ނަގަހައްޓައި ދަމަހައްޓަން ކުރަންޖެހޭ މަސައްކަތްތަކަށެވެ. 

ފާފަ ފުއްސަވައިދެއްވެވުން އެދި ގިނަގިނައިން ދުޢާ ނުކުރުމަކީ ބޮޑާ ކަމުގެ ސިފައެކެވެ! އެ ސިފަ ޖެހޭނީ މުޅިން ދޫކޮށްލާށެވެ. އަހަރެމެން ވާން ޖެހޭނީ ގިނައިން ﷲ ތަޢާލާއަށް އާދޭސް ދަންނަވާ ބައަކަށްވާށެވެ.

އަހަރެމެންނަކީ ކޮން ބައެއް ހެއްޔެވެ؟ އަހަރެމެންނަށް ލިބިގެންވަނީ ކޮން ބާރެއް ހެއްޔެވެ؟ އެއްވެސް ބާރެއް ލިބިގެންވޭ ހެއްޔެވެ؟ އެއްވެސް ބާރެއް ލިބިގެންވާނަމަ ދުނިޔޭގެ އެންމެ ބާރާއި ނުފޫޒު ގަދަ މީހުން ނިކަމެތިވެގެން ދަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ބޮޑެތި ބިލިއަނަރުން ފަޤީރުވެގެންދަނީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ކަންކަމަށް ފިކުރުކުރުމުން އެނގޭ ހަޤީޤަތަކީ އަހަރެމެންނަކީ އެއްވެސް ޢާރެއް ބާރެއް ނެތް ވަރަށް ނިކަމެތި ބައެއް ކަމެވެ. ﷲ ތަޢާލާގެ އިޒުނަފުޅާއި ނުލައި އެއްވެސް ކަމެއް ކުރެވޭނެ ބައަކަށް ނުވާތީއެވެ.

ވީމާ ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އެންމެ ކުޑަމިނުން أستغفرالله ދުވާލަކު މަދުވެގެން 100 ފަހަރު ކިޔާ މީހަކަށްވާށެވެ. ކިޔާއިރު ހިތުގައި ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދޭކަން ހިތަށް ގެންނާށެވެ. މިއީ ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް ކުރެވިދާނެ ކަމެކެވެ. ހިނގަމުންވެސް އަދި ކާރު، ސައިކަލް ނުވަތަ އެނޫން އުޅަނދެއް ދުއްވަމުންވެސް ކުރެވިދާނެ ކަމެކެވެ. މިހާރުވެސް ބައެއް މީހުން އެކަނިހުރެ ވެސް ހުސްވަގުތުތަކުގައި ލަވަ ކިޔައެވެ. އެއިގެ ބަދަލުގައިވެސް ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން    

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް