އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ރައީސް ސޯލިޙަށް މަރުހަބާ ދަންނަވައިފި

ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ރައީސް ސޯލިޙަށް މަރުހަބާ ދަންނަވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުސްފީ އިސްމާއިލް މެންކު، ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙަށް މަރުހަބާ ދަންނަވައިފިއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިއްޔެ ރައީސް ސޯލިހު ހުވާ ކުރައްވާ މަގާމާއި ހަވާލުވެލެއްވުމުން، އެކަމަށް މަރުހަބާ ދަންނަވަމުން މުފްތީ މެންކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުފެދުނު އައު ސަރުކާރާއެކީ ރާއްޖެއަށް ފާގަތި، ރަނގަޅު، އަމަންއޮމާން ދުވަސްތަކެއް ލިބުމަށް އެދިލައްވާ ކަމަށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ރައީސް ކަމާއި ހަވާލުވެ ވަޑައިގެން ހުވާ ކުރެއްވީ އިއްޔެ ހަވީރު 17:00 ގަލޮޅު ދަނޑުގައެވެ. ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރައްވާފައިވަނީ ރައީސް ސޯލިޙަށް ފަހުއެވެ.

އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނޭ ވަޒީރުން ވެސް ރޭގެ ވަގުތެއްގައި ވަނީ އިއުލާނު ކުރައްވާ، ހުވާ ކުރައްވާފައެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ