އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" ރައީސް އެކުލަވައިލައްވައިފި

"ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" ރައީސް އެކުލަވައިލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ސިޔާސީ މަޤުޞަދެއްގައި ޖިނާއީ ތުހުމަތެއް ކޮށް، ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަންކުރުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވުމުގެ ގޮތުން، [ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ] ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ އެކޮމިޓީގައި ހިމެނިވަޑައިގަންނަވާނީމިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް އާއި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް
އާއި ދައުލަތުގެ ބަންޑާރަ ނައިބު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު މި މަސައްކަތްޕުޅު ފެށްޓެވުމުގެ ގޮތުން، [ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ] އެކުލަވާލައްވާފައިވަނީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުއެވެ.

ސިޔާސީ ހައްޔަރީންގެ ގޮތުގައި މިހާރު ބަންދުގައި ތިއްބެވި ބޭފުޅުންގެތެރޭގައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ފަނޑިޔާރު ޢަލީ ހަމީދު ހިމެނޭ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް