އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ފަނޑިޔާރުންނާއި މުހުތާޒާއި ގާޒީ ނިހާން ގޭ ބަންދަށް ބަދަލު ކޮށްފި

ދެ ފަނޑިޔާރުންނާއި މުހުތާޒާއި ގާޒީ ނިހާން ގޭ ބަންދަށް ބަދަލު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި ގާޒީ އަހުމަދު ނިހާން މިއަދު ގޭ ބަންދަށް ބަދަލު ކޮށްފިއެވެ.

މި ހަތަރު ބޭފުޅުން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު، މީގެކުރިން ސިޔާސީ ބޭނުންތަކުގައި ނުހައްގުން ޖަލަށްލެވުނު ބޭފުޅުން މިނިވަން ކުރުމަށް ނުވަތަ ގޭބަންދަށް ބަދަލުކުރުމަށް، ވައުދުވެވަޑައިގެންފައެވެ. އެވައުދު އެމަނިކުފާނު ވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސަބިތުވެފައެވެ. މީގެއިތުރުން ޖެމްސް ހުއްޓުވާލުމުން ދައުލަތުން ދައުވާކުރި މައްސަލައެއް ވެސް އަބްދުﷲ ސައީދުގެ މައްޗަށް ސާބިތުވާކަމަށް ވަނީ ހުކުމް އިއްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުވެސް މިދެބޭފުޅުންގެ މައްޗަށްކޮށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައިވެއެވެ.

ގާޒީ ނިހާނާއި މުހުތާޒުގެ މައްޗަށް މިހާތަނަށް ހުކުމް ކޮށްފައިވަނީ ހަމައެކަނި ޓެރަރިޒަމްގެ ދައުވާގެ މައްޗަށެވެ. އެދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ މިދެބޭފުޅުން 17 އަހަރަށް ޖަލަށްލުމަށް 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ