އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީ ގޮތުން އެ ޒިންމާ އަދާކުރައްވާނެ މުވައްޒަފުން ކަނޑައަޅައިފި

ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީ ގޮތުން އެ ޒިންމާ އަދާކުރައްވާނެ މުވައްޒަފުން ކަނޑައަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީތަކަށް ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީ ގޮތުން އެ ޒިންމާ އަދާކުރައްވާނެ މުވައްޒަފުން ކަނޑައަޅުއްވައިފިއެވެ.

މިގޮތުން ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީތަކުގެ ތެރެއިން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ޑިރެކްޓަރ ޖެނެރަލްކަމުގައި ހުންނެވި ޙައްވާ ނަޒްލާ އާއިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި އިލްޔާސް އަޙްމަދް އާއިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޙަސަން ޝަރީފްއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޢަބްދުއްރަޙީމް ޙަސަން އާއިއެވެ.  

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ފާޠިމަތު ޝާނާ ފާރޫޤް އާއިއެވެ.

މި ބޭފުޅުންނަށް މި ޒިންމާ ހަވާލުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވީ މިކަމަށްޓަކައި މިއަދު ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް އެވެ.

މި ރަސްމިއްޔާތުގައި ޑރ. ޢަލީ ޝަމީމު ވިދާޅުވީ މިނިސްޓްރީތަކުގައި މަސައްކަތްކުރައްވާއިރު އެ މިނިސްޓްރީއެއްގެ ވަޒީރަކާއި ވީހައި ގުޅިގެން ސިވިލް ސަރވިސްގެ ޤާނޫނުނާއި ޤަވާޢިދާއި ކަމާގުޅުންހުރި އެހެން ޤާނޫނުތަކާއި ޤަވާޢިދުތަކާއިވެސް އެއްގޮތްވާގޮތުގެ މަތިން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސިވިލް ސަރވިސްއާ ގުޅޭ މުހިންމު ލިޔެކިއުންތަކާބެހޭ މައުލޫމާތު އެބޭފުޅުންނާ ހިއްސާކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް