އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު
ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ އިއްޔެ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓް ކުރެއްވީ ސަލާމަތީ ޚިދުމަތްތަކުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ސަރަހައްދުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެންނެވެ. މި އޮޕަރޭޝަންގައި 468.6 ކިލޯގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުން އަތުލެވުނު ކަމަށެވެ. މި މަސްތުވާތަކެތީގެ އަގު 1 ބިލިއަން ރުފިޔާއަށް އަރައެވެ.
"މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެއް އަމާޒު. މި މަސައްކަތުގައި ސަލާމަތީ ބާރުތަކުން ކުރައްވާ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފާއިތުވި އަހަރު 158 އޮޕަރޭޝަން ހިންގައި، 12,561 މީހުން ބަލާ ފާސްކޮށް، އަދި 1,009 މީހުން ހައްޔަރުކުރެވުނު
Advertisement
25 ނޮވެމްބަރ 2024