އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޯޝަލް މީޑިއާގެ މައްސަލައަކީ، އެއިގެން ދޭ މެސެޖު އަހަރުމެންނަށް އޮޅޭކަން- މުފްތީ މެންކު

ސޯޝަލް މީޑިއާގެ މައްސަލައަކީ، އެއިގެން ދޭ މެސެޖު އަހަރުމެންނަށް އޮޅޭކަން- މުފްތީ މެންކު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ސޯޝަލް މީޑިއާ އަކީ މިހާރު އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެކެވެ.

ހެނދުނު ހޭލާގޮތަށް އެންމެ ފުރަތަމަ ވެސް ބަލާލެވޭނީ ފޯނަށެވެ. ބައެއް މީހުންނަށް ފެން ފޮދެއްވެސް ދިރެނީ، އެދުވަހަކު ސޯޝަލް މީޑިއާގައި ވަމުންދާ ގޮތް ބެލުމަށްފަހެވެ. އެއްޗެއް ކަންޏާ އެއެއްޗެއްގެ ފޮޓޯ ވެސް ނަގާ، ސޯޝަލް މީޑިއާގައި ހިއްސާ ކުރަން ބޭނުންވެއެވެ.

މިކަންކަމުގެ އިތުރުން، ސޯޝަލް މީޑިއާގައި އެންމެ ގިނައިން މީހުން ކުރާ އެއް ކަމަކީ، "ޗެޓު" ކުރުމެވެ. އެކަމުގެ ތެރޭގައި، އެކަކު އަނެކަކާއި ދިމާލަށް މަޖަލަށް ކަމަށް ހަދާފައި ހިތައް އެރި އެއްޗެއް ކިޔުމާއި، ގޮތް ނޭނގޭ މީހުންނާއި ދިމާކޮށް، އެމީހުންނާއި ފޮށުންވެސް ހިމެނެއެވެ.

ސޯޝަލް މީޑިއާ އާއި ބެހޭ ގޮތުން ނަސޭހަތް ދެއްވަމުން މައްޝޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެފައިވަނީ، އޭގެ (ސޯޝަލް މީޑިއާގެ) އެންމެ ބޮޑު މައްސަލައަކީ އޭގެން ދޭ މެސެޖު އަހަރުމެންނަށް އޮޅުން ކަމުގައެވެ.

މުފްތީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

"ސްކީރެނެއްގެ ތެރެއިން މީހަކަށް ހަމަލާ ދޭން އަހަރުމެން ނިންމަނީ، އަހަރުމެންނަކީ ކާކުކަން އެެއްވެސް މީހަކަށް ނޭނގޭނެ ކަމަށް ހީކޮށެވެ. ސަމާލުވާށެވެ! ކޮންމެވެސް ދުވަހަކުން އެކަންތައްތައް އަހަރުމެންނާއި ދިމާލަށް އެނބުރި އައިސް ދާނެއެވެ. މާތް ﷲ އީ ހުރިހާ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ