އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާގެ ކިބައިން ތިބާ އެދޭ ކަންކަމުގެ ވާހަކަ މަޑުމަޑުން ބުނީމާ އަޑުނުއިވޭނަމަ ބާރަށް ބުންޏަސް އަޑެއް ނުއިވޭނެ! ޖެހޭނީ ސަލާމަތްވާން!

ބައިވެރިޔާގެ ކިބައިން ތިބާ އެދޭ ކަންކަމުގެ ވާހަކަ މަޑުމަޑުން ބުނީމާ އަޑުނުއިވޭނަމަ ބާރަށް ބުންޏަސް އަޑެއް ނުއިވޭނެ! ޖެހޭނީ ސަލާމަތްވާން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އަންހެނުންގެ ތެރޭގައިވެސް އަދި ފިރިހެނުންގެ ތެރޭގައިވެސް މަޑުމައިތިރި މިޒާޖުގެ މީހުން އުޅެއެވެ. އެހެންވެ ބައިވެރިޔާގެ ކިބައިން ކަންކަމަށް އެދި ބުނާނީ ވަރަށް މަޑުމަޑުންނެވެ. ބައިވެރިޔާގެ ކިބައިން ހިތްހަމަނުޖެހޭ ކަމެއް ފެނުނަސް އިޞްލާޙްކުރަންވެސް ބުނާނީ މަޑުމަޑުންނެވެ. 

ބައިވެރިޔާއަކީ ހެޔޮލަފާ މީހަކުނަމަ ކިތަންމެ މަޑުން ބުނިނަމަވެސް އެކަމެއް އިޞްލާޙްކުރާނެއެވެ. އިތުރަށް ބުނާކަށް ނުޖައްސުވާނެއެވެ. 

މަޑުމަޑުން ބުނުމުން އެއަޑު ނުއިވޭތީ ނަމަވެސް އެމީހާގެ މިޒާޖުގައި އެގޮތް ހުންނާތީ ނަމަވެސް ބާރަށް ބުނުމުން އަޑުއިވޭނަމަ އެއީ މައްސަލައެކެވެ. އެކަމުން އެނގެނީ ޙަޤީޤަތުގައި އެމީހާއަށް އަޑުނުއިވޭކަމެވެ. ގަންނަ ބިރަކުން ކުރިމަތީގައި ސަމާލުކަން ދިނަސް އެކަމަށް ފަރުވާ ނުބަހައްޓާނެ ކަމެވެ. ކަންކަން ކުރާނީ އޭނާގެ އަމިއްލަ ވިސްނުމުންކަމެވެ. ބައިވެރިޔާ އެދޭ ގޮތަށް ނޫންކަމެވެ. 

އެފަދަ ބައިވެރިއަކާއިއެކު ދިރިއުޅެން ވަރަށް އުނދަގޫވާނެއެވެ. ތަކުރާރުކުރަންޖެހުމުން ފޫހިވެ ދުރަށް ޖެހެވޭނެއެވެ. ކައިވެނި ރޫޅޭ ހިސާބަށްވެސް ކަންކަންދާނެއެވެ. ވީމާ މިއީ ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވޭނީ ކިތަންމެ މަޑުން ބުނިނަމަވެސް އެއަޑު އިވި ޢަމަލުކުރާ ދެމަފިރިންނަށެވެ. 

ވިސްނާށެވެ! ކަންކަން އިޞްލާޙްކުރަންޖެހޭނީ ބައިވެރިޔާ ބާރަށް ބުނާތީއެއް ނޫނެވެ. ބައިވެރިޔާއަށް އިޙްތިރާމްކުރާތީއެވެ. ހެޔޮލަފާ ބައިވެރިންގެ ކިބައިން އެންމެ ގިނައިން ފެންނާނެ އެއް ސިފައަކީ ބާރަށް ބުނަން ބޭނުން ނުވުމެވެ. ހެޔޮލަފާ ބައިވެރިއަކު ނަމަ އޭނާއާއި ދިމާއަށް ބާރަށް ބުނުމުން ވާނީ ފޫއްސެވެ. 

އެހެންވެ ގިނަ ތަޖުރިބާކާރުން ބުނަނީ މަޑުމަޑުން ބުނުމުން އަޑުނުއިވުން ތަކުރާރުވާނަމަ އެކުގައި އުޅެން ފަށޭހަނުވާނެ ކަމަށެވެ. ޙައްލަކަށް އޮންނާނީ ވަކިވުން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް