އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަތުގަ ކިތަންމެ ގިނައިން ފައިސާހުރިނަމަވެސް ހައިޙޫނު ކަމުގަ ތިބެންޖެހޭ މީހުން މަދީތަ؟ ޢިބްރަތަކަށް ނުފުދޭތަ؟

އަތުގަ ކިތަންމެ ގިނައިން ފައިސާހުރިނަމަވެސް ހައިޙޫނު ކަމުގަ ތިބެންޖެހޭ މީހުން މަދީތަ؟ ޢިބްރަތަކަށް ނުފުދޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ހައިހޫނު ކަމުގައި ހުންނަންޖެހޭ ވާހަކަ ދެއްކުމުން ގިނަ ބައަކަށް ޤަބޫލުކުރެވޭނީ އެދައްކަނީ ކާބޯތަކެތި ގަންނާނެ ފައިސާ އަތުގައި ނެތް ފަޤީރުންގެ ވާހަކަ ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ކޮށްހީއެކެވެ. ދުނިޔޭގެ އެންމެ ތަނަވަސްކަން ބޮޑު މީހުންނަށްވެސް ހައިހޫނު ކަމުގައި ތިބެން އެބަޖެހެއެވެ.

މިޘާލަކަށް ކޮންމެވެސް ބައްޔަކާއި ގުޅިގެން ކައިބޮއިހަދަންޖެހޭނެ ތަކެތި ޑޮކްޓަރުން ކަނޑައަލައިފާނެއެވެ. އެއީ ދުވާލަކު 2 އިރު ޕާންފޮތްޗަކާއި 100 ގްރާމް ކޮންމެވެސް ބާވަތެއްގެ ތަރުކާރީ ކަމަސް ބުނެފާނެއެވެ. އެހައިތަނަށް ދުވާލަކު އެތައް ފަހަރަކު ބަނޑުފުރެންދެން ކަމުން އައި މީހަކަށް ދެންޖެހޭނެ ޙާލަތު ވިސްނާށެވެ. ހުންނަންޖެހޭނީ ހައިހޫނުކަމުގައި ނޫންހެއްޔެވެ؟ 

މީސްތަކުންނޭވެ! މިފަދަ ކަންކަމުން އެނގެނީ ތަނަވަސްކަމަކީ ހުރިހާ ނިޢުމަތެއް ނޫންކަމެވެ. ކިތަންމެ ތަނަވަސް ނަމަވެސް ކައިބޮއި އުޅެވޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވި އެއްޗެއް ކަމެވެ. އަދި މިންވަރުކުރެއްވެވި ވަރަކަށް ކަމެވެ. 

މިފަދަ ކަންކަމުންވެސް އެނގިގެންދަނީ ﷲ ތަޢާލާގެ ރަޙްމަތަށް އަހުރެމެންނަށް ބޭނުންޖެހިފައިވާލެއް ބޮޑުކަމެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން އަބަދުވެސް މަސައްކަތްކުރަންޖެހޭ މިންވަރު އެބަ އެނގިގެންދެއެވެ. ވީމާ ގަދަވެ ހެޔޮ ޙާލުގައި ހުރެވޭއިރުގައާއި ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް ވީހާގިނައިން އަޅުކަންކޮށް ރަހްމަތަށް އެދިގެން ދުޢާކުރަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް