އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޯމް މިނިސްޓަރ ޝައިޚް އިމްރާން ފުލުހުންގެ އެގްޒެކެޓިވް ބޯޑްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ހޯމް މިނިސްޓަރ ޝައިޚް އިމްރާން ފުލުހުންގެ އެގްޒެކެޓިވް ބޯޑްގެ މެންބަރުންނާ ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ހޯމް މިނިސްޓަރ ޝައިޚް އިމްރާން ފުލުހުންގެ އެގްޒެކެޓިވް ބޯޑްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލު ކުރެވުމުގެ ފޮޓޯ އާއި ބައްދަލުކުރެއްވިކަން ފުލުހުން ހާމަކުރި ނަމަވެސް ބައްދަލުކުރެއްވުމާއި ބެހޭ އެއްވެސް އިތުރު ތަފްޞީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ އިސް ބައެއް އޮފިސަރުންގެ ތެރޭގައި ފުރިހަމަ މުސާރަ ލިބޭ ގޮތަށް ނަމަވެސް ހެނދުނު ސޮއިކުރުން ނޫން އިތުރު އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް ވީއްލާފައި ތިބޭތާ އެތައް މަސްތަކެއް ވެފައިވާ އޮފިސަރުން މިހާރުވެސް އެބަތިބިކަމުގެ މައުލޫމާތު މިއަދުނޫހަށް ވަނީ ލިބިފައެވެ.

މިއަދުނޫހުން ހޯމް މިނިސްޓަރު އަރިހުގައި ވަރަށް އަދަބުވެރިކަމާއިއެކު ދަންނަވަން ބޭނުންވަނީ ފުލުހުންގެ މީޑިއާ އޮފިސަރުން ފޯނު ނަގާނެ ގޮތެއް ހައްދަވައި ދެއްވުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަދި ކުރާ ސުވާލުތަކުގެ ޖަވާބު ލިބޭނެ ކޮންމެވެސް އިންތިޒާމުތަކެއް ހަމަޖައްސަވައި ދެއްވުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް