އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިމަތިވާ ދަތިތަކަށާ އުފުލަންޖެހޭ ތަކްލީފްތަކަށް ނުބަލާށެވެ! ތިމާގެ އަތުގަ ހިފައިގެން އެކުގަ ސުވަރުގެ ވަންނަން މަސައްކަތްކުރާ ބައިވެރިއަކާ ނަމަނަމަ ވަކިނުވާށެވެ!

ކުރިމަތިވާ ދަތިތަކަށާ އުފުލަންޖެހޭ ތަކްލީފްތަކަށް ނުބަލާށެވެ! ތިމާގެ އަތުގަ ހިފައިގެން އެކުގަ ސުވަރުގެ ވަންނަން މަސައްކަތްކުރާ ބައިވެރިއަކާ ނަމަނަމަ ވަކިނުވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ޒަވާޖީހަޔާތުގެ ދުވަސްތައް އަބަދު އެއްގޮތަކަށް ނުދާނެއެވެ. އަޑިގުޑަންތައް އަންނާނެއެވެ. ދަތި އުނދަގޫ ޙާލަތުތައް ކުރިމަތިވާނެއެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް ބަލަންވީ ހަމަ އެންމެ ކަމަށެވެ. ދެމަފިރިންނަށްވެސް މިދެވެނީ ސުވަރުގެއާއި ދިމާއަށް ކަމެވެ.

ދުނިޔޭގެ ދިރިއުޅުމުގައިވެސް އަދި ޒަވާޖީ ޙަޔާތް ދެމެހެއްޓުމުގައި ވެސް ފައިސާގެ މުހިންމުކަން ވަރަށް ބޮޑެވެ. ނަމަވެސް ދުނިޔޭގެ ދިރިއުޅުމުގައިވެސް އަދި ޒަވާޖީޙަޔާތުގައިވެސް އެންމެ މުހިންމު އެއްޗަކީ ފައިސާއެއް ނޫނެވެ. އެންމެ މުހިންމު އެއްޗަކީ ތަޤްވާވެރިކަމެވެ. ތަޤްވާވެރިކަން ގުޅިފައިވަނީ އެމީހަކު ނަމާދުކުރާ މިންވަރަކަށެވެ. ފަރުޟު ނަމާދުތައް ފުރިހަމައަށް އަދާކުރުމުގައި ފަރުވާތެރިވާ މިންވަރަށާއި ސުންނަތް ނަމާދުތައް ކުރުން ގިނަކުރާ މިންވަރެއްގެ މައްޗަށެވެ. އަދި ޙަޔާތުގެ ޙަޤީޤީ ހުރިހާ ކާމިޔާބީތަކެއްވެސް ގުޅިފައިވަނީ ނަމާދުކުރާ މިންވަރުގެ މައްޗަށެވެ.

އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ނަމާދުނުކުރާ މީހަކު ދެކެ ލޯބިނުވާށެވެ! ނަމާދުނުކުރާނަމަ އެކަމުން އަންގައިދެނީ އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ލޯތްބެއް ނެތްކަމެވެ. އާޚިރަތް ދުވަހާއިމެދު ހިތުގައި ބިރުވެރިކަމެއް ނެތްކަމެވެ. ﷲ ތަޢާލާ ދެކެ ލޯބިނުވާ، އާޚިރަތް ދުވަހަށް ބިރުވެތިނުވާ މީހަކު އެހެން އިންސާނަކުދެކެ ލޯބިވާނެ ކަމަށް ޤަބޫލުކުރުމަކީވެސް އެމީހަކަށް ކުރެވޭނެ އެންމެ ބޮޑުކުށެވެ. އެފަދަ މީހަކަށް އިތުބާރުކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު މޮޔަކަންތަކެވެ.

އަންހެނަކު އޭނާގެ ފިރިމީހާ އާއި ވަކިވުމަށްފަހު ބުނެފައިވެއެވެ. "އަހަރެން އޭނާގެ ކިބައިން ވަކިވީ ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާނުކުރާތީއެވެ. ރަވާތިބު ސުންނަތާއި ވިތުރި އާއި ތަރާވީހް ނަމާދު ފަދަ ކޮންމެހެން ކުރަންޖެހޭ ސުންނަތް ނަމާދުތައް ކުރަން އާދޭސްކޮށްކޮށް ވަރުބަލިވިއިރުވެސް ނުކުރުމުންނެވެ."

އެފަދަ ޙާލަތުގައި އެފަދަ މީހަކާއިއެކު ދިރިއުޅެން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއްނެތެވެ! އެހެނީ އެމީހާއަކީ ތިބާގެ އަތުގައި ހިފައިގެން ތިބާ ގޮވައިގެން ސުވަރުގެ ދިއުމަށް ޝައުޤުވެރިނުވާ މީހަކަށްވާތީއެވެ. ކިތަންމެ ދަތިޙާލުގައި ފުދުންތެރިކަމެއްނެތި ވެސް ދިރިއުޅެން މަސައްކަތްކުރަންވީ ތިމާގެ އަތުގައި ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާ މީހަކާއިއެކުގައެވެ.

ޒަވާޖީ ޙަޔާތުގައި މިއަދު ގިނަ މައްސަލަތަކެއް ކުރިމަތިވެ ކައިވެނިތައް ރޫޅެމުން މިދަނީ ކައިވެނީގެ ކުރިން ބަލަން ކޮންމެހެން ޖެހޭ ކަންކަމަށް އެއްވެސް ވަރަކަށް ނުބަލައި ކައިވެނިކުރެވޭތީއެވެ. އަދި ހަމަ އެހެންމެ ކައިވެނީގެ ފަހުންވެސް ކޮންމެހެން ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ. މިދެ ކަންތަކަށް ސަމާލުކަންދީފިނަމަ އެމީހަކަށް ދުނިޔެއާއި އާޚިރަތްވެސް ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް