އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު
މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގައި ހައި ވޯލްޓޭޖް (އެޗްވީ) ގެ ދެ ޓްރާންސްފޯމަރު ގަސްތުގައި ހަލާކުކޮށްލުމުން ކަރަންޓް ނެޓްވޯކަށް ބޮޑެތި ބުރޫތަކެއް ލިބިއްޖެ އެވެ. ބައުންޑަރީ ފާރުތަކާއި ޑަބަލް ލޮކް ޖަހާފައިވާ ވަށައިގެންވާ ތަންތަނުން ހިމާޔަތް ކުރި ނަމަވެސް، އެކަންކުރިބައަކު ވަނީ ގޭޓްތައް ފަޅާލައި، ތަޅުތަކަށް ގެއްލުންދީ، އެޗްވީ ސިސްޓަމަށް ގެއްލުން ދީފަ އެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ އެޗްވީ ސްވިޗްތައް މެތޮޑިކަލް ޑިސެންގޭޖްމަންޓުން ދައްކާ ގޮތުގައި މިކަމުގައި ބައިވެރިވާ ފަރާތްތަކަކީ ޓްރާންސްފޯމަރ ސިސްޓަމްތަކާއި އޮޕަރޭޝަންތަކުގެ ފަންނީ ޢިލްމު ލިބިފައިވާ ބައެއްކަން އެމީހުން ކަންކަންކޮށްފައިވާ ގޮތުން އެނގެއެވެ. އަދި މިފަދައިން ކްރިޓިކަލް އިންފްރާސްޓްރަކްޗަރަށް ކުޅެ ގެއްލުން ދިނުމަކީ ކަރަންޓު ޖެހުމާއި، ބޮޑެތި އަނިޔާތަކާއި، ނުވަތަ މަރުވުން ފަދަ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާ ކަމެކެވެ.
ޙުސައިން ފަހުމީ ވިދާޅުވީ ހަމައެކަނި އެކަންކުރާ ކުށްވެރިންނަށް އިތުރުން އެސަރަޙައްދުގެ ވަށައިގެންވާ މުޖުތަމަޢަށް ވެސް އެފަދަ ކަންކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ. އަދި މިދިޔަ އަހަރު ޓްރާންސްފޯމަރު ތަކަށް ގެއްލުންދިނުމުގެ ސަބަބުން ކުރިމަތިވި ހިތާމަވެރި މަރުތަކަކީ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިވާނެ ބޮޑެތި ނަތީޖާތަކުގެ ވޭންދެނިވި ހަނދާންތައް ކަމަށެވެ. މި ހާދިސާއިން ހާމަވަނީ ފުރާނަ ރައްކާތެރިކުރުމަށާއި މުހިންމު އިންފްރާސްޓްރަކްޗަރތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭކަން ކަމަށާއި ތަހުގީގުތައް ކުރިއަށްދާއިރު، ކުރިއަށް އޮތްތަނުގައި އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސްޓެލްކޯއިން އަޅަމުންދާ ނެކަމަށްވެސް ޙުސައިން ފަހުމީ ވަނީ ވިދާޅުވެފައެވެ.
https://x.com/HussainFahmy09/status/1877929114985771204
Advertisement
11 ޖެނުއަރީ 2025