އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖަށް ދިޔުމުގެ ފުރުޞަތު ލިބޭ މީހުންނަށް ކިއު ތަރުތީބުން ދަޢުވަތު ފޮނުވަން ފަށައިފި

ހައްޖަށް ދިޔުމުގެ ފުރުޞަތު ލިބޭ މީހުންނަށް ކިއު ތަރުތީބުން ދަޢުވަތު ފޮނުވަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މިއަހަރު ހައްޖަށް ދިޔުމުގެ ފުރުޞަތު ލިބޭ މީހުންނަށް ކިއު ތަރުތީބުން ދަޢުވަތު ފޮނުވަން ފަށާފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝަކީލް ވިދާޅުވީ، މިހާރު ވަނީ ހައްޖަށް ދިޔުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް އެކަމުގެ ދަޢުވަތު ފޮނުވަން ފަށާފައި ކަމަށެވެ.

ޝަކީލް އިތުރަށް ވިދާޅުވީ، ބައެއް މީހުން އެކި ސަބަބުތަކާ ހުރެ މިއަހަރު ހައްޖަށް ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށާއި، އެ ޖާގަތަކަށްވެސް ކިއު ތަރުތީބުން އެހެން މީހުންނަށް ފުރުޞަތު ދެމުންދާ ކަމަށެވެ. އަދި މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންދާ ކަމަށާއި، މިކަމުގައި ޙައްޖު ކޯޕަރޭޝަނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

ސައުދީ ޢަރަބިއްޔާއިން ރާއްޖެއަށް 1,000 ކޯޓާ ދޫކުރާ ކަމަށާއި، މީގެ ކުރިން މި ކޯޓާގައި ޙައްޖު ކޯޕަރޭޝަންއާއެކު އަމިއްލަ ޖަމާޢަތްތަކަށްވެސް ޙައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތު ދެމުން އައި ނަމަވެސް، މިހާރު ސަރުކާރުން ނިންމަވާފައިވަނީ 1,000 ކޯޓާގައި ހައްޖަށް މީހުން ގެންދާނީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނުން ކަމަށް ޝަކީލް ހާމަކުރެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭ ގޮތަށް ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލު ގެންނެވުމަށް ކަމަށްވެސް ޝަކީލް ފާހަގަކުރެއްވިއެވެ.                     

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު