އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށްވާރޭވެހޭނެ: މެޓް އޮފީސް

ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށްވާރޭވެހޭނެ: މެޓް އޮފީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކުރައްވައިފިއެވެ.

މެޓް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުން މިދަނީ ހުޅަނގު ބިތުގައި އުފެދިފައިވާ ސަރކިއުލޭޝަންއެއްގެ ސަބަބުންނެވެ. މި ސަރކިއުލޭޝަންގެ އަސަރު ރާއްޖެ ސަރަޙައްދަށް ފުޅާ ދާއިރާއެއްގައި ކުރާނެކަމަށް ބެލެވެނީ ހޯމަ ދުވަހުން ފެށިގެން ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރުކުރާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން، ދަތުރުފަތުރު ކުރާ ފަރާތްތަކަށާއި މަސްވެރިންނަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މެޓް އޮފީހުގެ ރަސްމީ ޗެނަލްތަކަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އާންމުންނަށް އިރުޝާދު ދެއްވާފައިވެއެވެ.                     

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު