އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޕެއިންގަ ބާއްވާ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ފަސް ފުލުހަކު ފުރައިފި

ސްޕެއިންގަ ބާއްވާ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ފަސް ފުލުހަކު ފުރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ފަރާތުން ސްޕެއިންގެ މެޑްރިޑްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ''ދަ ޔޫސް އޮފް ސްޕެޝަލް އިންވެސްޓިގޭޝަން ޓެކްނިކްސް އިން ކްރިމިނަލް އިންވެސްޓިގޭޝަން އޮފް ޑިޖިޓަލް ކޮމިއުނިކޭޝަން ޗެނަލްސް އިން ޓެރަރިސްޓް ކޭސް'' ވޯކްޝޮޕްގައި ބައިވެރިވުމަށް ސްޕެއިންއަށް ފުރި 5 ފުލުުހުންނަކީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަޒްމަތު ޢަބްދުﷲ އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަޙްމަދާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަލީ ނާއިފް ވަޙީދުއާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ސަމާން އިބްރާހީމްއާއި ޕޮލިސް ސްޓާފް ސަރޖަންޓް އިބްރާހީމް ހުޝާމް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ނޮވެމްބަރ 19ން 23ށް ކުރިއަށްދާ މި ވޯކްޝޮޕްގައި، އިންޓަރނެޓް އަދި ސޯޝަލް މީޑިއާ ނެޓްވޯކިންގ ޚިދުމަތްތައް ބޭނުންކޮށްގެން ހިންގާ ތަފާތު އެކިއެކި ޓެރަރިސްޓް ހަމަލާތަކާއި އެނޫންވެސް އެފަދަ މައްސަލަތައް ހުއްޓުވުމާއި މިފަދަ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް ވެސް މަސައްކަތްކުރެވިގެންދާނެކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ