އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުސްވަޤުތެއް ލިބޭއިރަށް ބޭކާރު ކަންކަން ނުކޮށް ތިމާއަށް ފައިދާހުރި ކަމެއް ކުރެވޭތޯ ބެލުމަކީ ސުވަރުގެއާއި ގާތްވެވުމަށް އޮތް ފަހި މަގެއް!

ހުސްވަޤުތެއް ލިބޭއިރަށް ބޭކާރު ކަންކަން ނުކޮށް ތިމާއަށް ފައިދާހުރި ކަމެއް ކުރެވޭތޯ ބެލުމަކީ ސުވަރުގެއާއި ގާތްވެވުމަށް އޮތް ފަހި މަގެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

މަސައްކަތުގައި އުޅޭ މީހަކަށް ހުސްވަޤުތު ހޯދުމަކީ ކުރަން އެހައި ފަސޭހަ ކަމެއް ޏޫންކަމަށް ވިސްނިދާނެއެވެ. އެކަމަކު ހޯދަން އުނދަގޫވާނީ ގިނަ ވަޤުތުތަކެކެވެ. ކުދިކުދި ވަޤުތުކޮޅުތައް ދާނީ އަބަދުވެސް ލިބެމުންނެވެ.

މިހާރަކަށް އައިސް މިފެންނަނީ ކިތަންމެ ކުޑަ ހުސްވަޤުތުކޮޅެއް ލިބޭއިރަށްވެސް ގެންގުޅޭ ފޯނާ ކުޅޭތަނެވެ. ބަލަން މަސައްކަތްކުރަނީ ތިމާއާއިއ ެއްވެސް ގުޅުމެއް ނެތް އަދި އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމެވެ. ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ހިނގައިގެން އުޅޭ ކަމެކެވެ. ސިޔާސީ ގޮތުން މީހުން ކަނޑާ ސަޅިބައިސާތަކެވެ. މީސްތަކުންނަށް އޮޅުވާލައި ވައުވައްދުވަން ދައްކާ ދޮގުވާހަކަތަކެވެ. ޣީބަ ބުނެ މީހުން ދައްކާ ވާހަކަތަކެވެ.

އެއިރުން އެވެވެނީ ފާފަވެރިއެވެ. އަދި އެނަގައިލެވެނީ ހެޔޮ ކަމެއް ކުރަން ލިބޭ ފުރުޞަތެވެ. ވީމާ އަހުރެން ބުނާނީ ކިރިޔާ ހުސްވަޤުތެއް ވަޤުތެއް ލިބުނަސް ސުވަރުގެ ވަދެވޭތޯ ދުވާ ދުވަލި ބާރުކޮށްލަމާ ހިނގާށެވެ! ތިމާއަށް ފައިދާހުރި، ޘަވާބު ލިބޭނެ ކޮންމެވެސް ކަމެއް ކުރަމާ ހިނގާށެވެ!

ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ 4 ކަލިމައަކީ:

1۔ سبحان الله

2. الحمد لله

3. لا إله إلا الله 4. الله أكبر އެވެ.

 

ހުސްވަގުތެއް ލިބޭއިރަށް ކިޔަންފަށާށެވެ! ގުނުމުގެ ބޭނުމެއްވެސް ނެތެވެ. މަލާއިކަތުން ބަރާބަރަށް ލިޔުއްވަވައި ރެކޯޑްކުރައްވަވާނެތެވެ. ދުވަސްކޮޅަކުން އަބަދުކިޔަން އާދަވެސް ވެދާނެއެވެ! އިން ޝާ ﷲ. އެއިރުން ޤިޔާމަތް ދުވަހު އެމީހެއްގެ ޢަމަލުތައް ކިރައިލެވޭހިނދު މީޒާން އެމީހެއްގެ ކޮޅަށް ބޮޑުތަނުން ބުރަވެގެންދާނެއެވެ. ސުވަރުގެ ވަނުމަށް ފަރުޞަތު ލިބޭނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް