އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު
ރ. ކިނޮޅަހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، ބަދުރުއްދީން ޙަސަނެވެ. އަދި ކިނޮޅަހު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިނެވެ.
ކިނޮޅަހަކީ ރ. އަތޮޅުގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް ކައުންސިލާއެކު ސޮއިކުރި 6 ވަނަ ރަށެވެ. މިކަމުން އެނގިގެންދަނީ ބޭންކުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރަމުންދާކަމެވެ.
ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ރަށްރަށުގަށްރަށުގެ ރައްޔިތުންނަށް ފައިސާ ނެގުމާއި އެހެނިހެން ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
ކިނޮޅަހުގައި އޭޓީއެމް ބެހެއްޓުމުން އެރަށުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އަދި މިކަމަކީ ރަށުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމެކެވެ.
Advertisement
23 ޖެނުއަރީ 2025