އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖުވުމަށް ނިޔަތްގަނެ ލިބޭ މިންވަރަކުން ޙައްޖުކޯޕަރޭޝަނަށް ފައިސާ ދައްކާނަމަ ޙައްޖުވުމުގެ ފުރުޞަތު ލިބުން އަވަސްވާނެ!

ޙައްޖުވުމަށް ނިޔަތްގަނެ ލިބޭ މިންވަރަކުން ޙައްޖުކޯޕަރޭޝަނަށް ފައިސާ ދައްކާނަމަ ޙައްޖުވުމުގެ ފުރުޞަތު ލިބުން އަވަސްވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ޙައްޖުވުމަކީ ވަކި ދުވަހަކު ކުރަންޖެހޭ ކަމަކަށްވުމުން ސަޢުދި ޢަރަބިޔާއިން ކޮންމެ އަހަރަކުވެސް ޙައްޖުވުމުގެ ފުރުޞަތު ދެނީ އެއަހަރަކަށް ދެވެން އޮންނަ އެންމެ ގިނަ ޢަދަދަކަށެވެ. ވީހާ ގިނަ ބައަކަށް ފުރުޞަތު ދިނުމަށްޓަކައި ޙަރަމްފުޅުގެ ސަރަޙައްދު ބޮޑުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ގެންދަނީ ކުރަމުންނެވެ.

އެހެންކަމާއިއެކުވެސް ޙައްޖުވުމުގެ ފުރުޞަތު ލިބެނީ އެކަމަށް އެދި ފައިސާ ދައްކައިގެން ތިބޭ މީހުންގެ ތެރެއިންވެސް މަދުބައަކަށެވެ. ނިޞްބަތުން ހުރިހާ ޤައުމަކަށްވެސް ފުރުޞަތުދެވޭ އުޞޫލަކުންނެވެ.

ރާއްޖޭގެ އާބާދީގެ ނިޞްބަތަށް ބަލައިފިނަމަ ލިބޭ ކޯޓާގެ ޢަދަދު މަދުކަމަކަށް ނުބުނެވޭނެއެވެ. މަދުކަމަސް ވިސްނެނީ ކުރިން ލިބެމުން އައި ޢަދަދަށްވުރެ މަދުވުމުންނެވެ. އެބަދަލު އައި އެއް ސަބަބަކީ ދުވަސްކޮޅަކަށްނަމަވެސް ވެރިކަމުގެފަރާތުން ސައުދިޢަރަބިޔާ އާއި ދުރަށް ޖެހުމެވެ. އަދި އެއިގެ ފަހުން ކޮރޯނާގެ މައްސަލަ ކުރިމަތިވުމެވެ.

މިދިއަ އަހަރަކީވެސް 1000 ކޯޓާގެ އިތުރުންވެސް ކޯޓާ ލިބުނު އަހަރެކެވެ. އުންމީދަކީ މިއަހަރުވެސް ވީހާ ގިނަ ބައަކަށް ޙައްޖުވުމުގެ ފުރުޞަތު ލިބުމެވެ. ސަރުކާރުން ގެންދަނީ އެކަމަށް މަސައްކަތްކުރަމުންނެވެ. އަދި ފަރުޟް ޙައްޖު އަދާކުރުމަށް ރަނގަޅު އުޞޫލުތަކެއްވެސް ތަޢާރަފްކުރަމުންނެވެ.

މިޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ ވީހާ އަވަހަކަށް ޙައްޖު ކޯޕޮރޭޝަނުގައި އެކައުންޓް ހުޅުވައި ކިތަންމެ މަދު ޢަދަދަކުން ނަމަވެސް ފައިސާ ޖަމާކުރަމުން ގެންދިއުމެވެ. ޒުވާންއިރުގައި އެކަމަށް ކުރިމަތިލުމެވެ. އެއިރުން ފުރުޞަތު ލިބުމުގެ ޔަޤީންކަން ބޮޑުވެ އަވަހަށް ޙައްޖުވުމުގެ ފުރުޞަތު ބޮޑުވެގެންދާނެތީއެވެ.

ކޮވިޑަށްފަހު ޙައްޖުވުމުގެ ފުރުޞަތު ހުޅުވައިލެވުނީ 10 ޖަނަވަރީ 2023 ގައެވެ. އެއިގެ ފަހުން ކޮންމެ އަހަރަކުވެސް އެތައް މިލިއަން ބައަކަށް ޙައްޖުވުމުގެ ފުރުޞަތު އަންނަނީ ލިބެމުންނެވެ.

ގުޅުން ހުރި ލިޔުމެއް:

ކޮވިޑާ ގުޅިގެން ޙައްޖުވުމަށް އެޅި ހުރިހާ ހުރަސްތަކެއް ނައްތާލައި ޙައްޖުވުމުގެ ފުރުޞަތު ކުރިއާއި އެއްގޮތަށް ހުޅުވާލައިފި

ކޮވިޑާ ގުޅިގެން ޙައްޖުވުމަށް ސަޢޫދީ ސަރުކާރުން އެޅި ހުރިހާ ހުރަސްތަކެއް ނައްތާލައި ޙައްޖުވުމުގެ ފުރުޞަތު ކުރިއާއި އެއްގޮތަށް ހުޅުވާލައިފި ކަމަށް ސަޢުދީގެ ޙައްޖާއިބެހޭ ވަޒީރުވިދާޅުވިކަން ސަޢުދީ ގެޒެޓްގައި ހާމަކޮށްފިއެވެ.

އެހެންކަމުން މިއަހަރު ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ޙައްޖުވެވޭނެއެވެ. އަދި ކޮވިޑުގެ ކުރިން ޙައްޖަށް ދިން ކޯޓާތަކާއި އެއް ޢަދަދަކަށް މިއަހަރު ކޯޓާވެސް ދޫކުރާނެއެވެ. ނަމަވެސް ޤައުމުތަކަށް ދޫކުރާނެ ޢަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.

2009 ވަނައަހަރުން ފެށިގެން 2019 ވަނަ އަހަރަށް ބަލައިފިނަމަ އަހަރަކު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ އެވްރެޖްކޮށް 2،3 މިލިއަން މީހުންނަށެވެ. މިއަހަރު ދޭނެ ޢަދަދު އަދި ހާމައެއް ނުކުރެއެވެ.

ވަޒީރު ވިދާޅުވެފައިވަނީ ޢުމްރާޢަށްދާ މީހުންގެ އިންޝުއަރަންސް ފީ 235 ރިޔާލައިން 88 ރިޔާލައަށް ދަށްކޮށްފިފައިވާ ކަމަށާއި ޙައްޖަށްދާ މީހުންގެ އިންޝުއަރަންސް ފީ 109 ރިޔާލައިން 29 ރިޔާލަށް ދަށްކޮށްފައިވާ ކަމަށެވެ.

ޙައްޖާއި ޢުމުރާވުމަށްދާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހިންގި މަޝްރޫޢުތަކަށް ވަނީ ބޮޑުހޭދައެއް ކޮށްފައެވެ.

ގުޅުންހުރި ލިޔުން:

https://saudigazette.com.sa/article/628745/SAUDI-ARABIA/Saudi-Arabia-to-receive-Hajj-pilgrims-to-pre-COVID-levels

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް