އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީރާގެ 2025-2026 ގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން ޝާއިއުކޮށްފި

މީރާގެ 2025-2026 ގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން ޝާއިއުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން 2025-2026ގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.

ކުރިއަށް އޮތް ދެ އަހަރަށް ކަނޑައެޅި ކޮންޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ރާވާފައިވާ ހަރަކާތްތައް އަމާޒުކުރެވިފައިވަނީ ޓެކްސް ދައްކާ ފަރާތްތަކުގެ ސައްހަ އަދި  އަދާހަމަ ރަޖިސްޓްރީއެއް ބެލެހެއްޓުމާއި، ސުންގަޑިއަށް ބަޔާން ހުށަހަޅާ މިންވަރު އިތުރުކޮށް، ހުށަހަޅާ ބަޔާންތަކުގެ ފުރިހަމަކަން ކަށަވަރުކުރުމާއި، ސުންގަޑިއަށް ފައިސާ ދައްކާ މިންވަރު އިތުރުކުރުމާއި، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ސައްހަ އަދަދު ރިޕޯޓުކުރުމުގެ މައްޗަށް ބިނާކޮށެވެ. މީގެ އިތުރުން، ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން އެކުލަވާލައިފައިވަނީ ވަކިވަކި ސިނާއަތްތަކުން ޓެކްސް ދެއްކުމުގައި ހުރި ރިސްކުތަކާއި އެ ރިސްކުތަކާ މުނާސަބު ފިޔަވަޅު އެޅުމަށް ހިންގޭނެ ހަރަކާތްތައް ހިމަނައިގެންނެވެ.

2026-2025ގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ދަށުން ވަކިވަކި ދާއިރާތަކަށް އަމާޒުކޮށް ރަޖިސްޓަރީކުރުވުމުގެ ޕްރޮގްރާމުތައް ހިންގޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، އެހެން އަހަރުތަކެކޭވެސް އެއް ފަދައިން ސިލްސިލާ ގޮތެއްގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިޔުމާއި، ޓެކްސް ދައްކާ ފަރާތްތަކަށް ދުރާލައި ޓެކުހާ ގުޅޭ ސުންގަޑިތައް ހަނދާން ކޮށްދިނުން ހިމެނެއެވެ. އަދި، ޓެކްސް ދައްކާ ފަރާތްތައް ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރަމުންދާ މިންވަރު ގަވާއިދުން މޮނިޓަރކުރުމާއި، ދައްކަންޖެހި ނުދައްކައިވާ ފައިސާ ހޯދުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެންފޯސްމަންޓް އުސޫލުތައް ވަރުގަދަކުރުމާއި، ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުން ހިމެނޭކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.

މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި، ސަރުކާރުގެ މުއައްސަސާތަކާއި، ތަންފީޒީ އިދާރާތައް އަދި ކަމާބެހޭ އެހެނިހެން މަސްލަހަތުވެރިންގެ މަޝްވަރާއާއެކު އެ ފަރަތާތްތަކާ ގުޅުންހުރި ސިނާއަތްތަކުގެ ރިސްކުތަކަށް ހައްލު ހޯދުމަށް އިސްކަން ދީފައިވެއެވެ. މީގެ އިތުރުން، އެ ފަރާތްތަކުން މައުލޫމާތު ހޯދައި އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ނޮން-ކޮމްޕްލަޔަންސް ދެނެގަނެ، އެކަން ހުއްޓުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ. 

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަކީ ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ޕޮލިސީއެކެވެ. މި ޕޮލިސީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި 2020 ވަނަ އަހަރުން ފެށިގެން މީރާއިން ދަނީ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނެއް ތައާރަފްކޮށް، މި ޕްލޭންގެ ދަށުން ގިނަ ކޮމްޕްލަޔަންސް ހަރަކާތްތަކެއް ހިންގަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު