އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކުގައި ދިރިއުޅެނިކޮށް ބައިވެރިޔާގެ ބޭރުފުށުގެ ސިފައަށް ބަދަލު އަޔަސް ވަރިކުރަން ހެޔޮނުވާނެ! ބަލައިގަނެ ﷲ އަށްޓަކައި ލޯބިވެ، ލޯބިން ދިރިއުޅޭނަމަ ﷲ ލައްވަވާނެ ރަޙްމަތް މާބޮޑުވާނެ!

އެކުގައި ދިރިއުޅެނިކޮށް ބައިވެރިޔާގެ ބޭރުފުށުގެ ސިފައަށް ބަދަލު އަޔަސް ވަރިކުރަން ހެޔޮނުވާނެ! ބަލައިގަނެ ﷲ އަށްޓަކައި ލޯބިވެ، ލޯބިން ދިރިއުޅޭނަމަ ﷲ ލައްވަވާނެ ރަޙްމަތް މާބޮޑުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ކައިވެނީގެ އެންމެ މުހިންމު ބޭނުމަކީ އެކަކު އަނެކަކު ދެކެ ލޯބިވުމެވެ. ލޯބީގައި ވަނީ ދެ ބާވަތެކެވެ. އެއީ އަނެކާގެ ސިފަތަކަށްޓަކައިވާ ލޯތްބާއި ﷲ އަށްޓަކައިވާ ލޯތްބެވެ. އެންމެ މަތިވެރި ލޯތްބަކީ ﷲ އަށްޓަކައި އެކަކު އަނެކަކު ދެކެވާ ލޯތްބެވެ.

ވީމާ ކައިވެނިކުރުމަށްފަހު އެކަކު އަނެކަކު ދެކެ ލޯބި ނުވެވޭނެނަމަ ލޯބިން ދިރިނުއުޅެވޭނެނަމަ ކައިވެނިނުކުރާށެވެ! ލޯބިން ދިރިއުޅުން ނޫން މަޤްޞަދެއްގައި ކައިވެނިކޮށްފިނަމަ އެކަކަށް އަބަދުވެސް ދާނީ އަނިޔާލިބެމުންނެވެ. އެކަންވާނީ އަނެކާއަށް ދެވޭ ވަރަށް ބޮޑު ހިތްދަތިކަމަކަށެވެ.

އިބްން ޢައްބާސްގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅަކުން އެނގެނީ އެންމެ ކާމިޔާބު ކައިވެންޏަކީ އެކަކު އަނެކަކު ދެކެ ލޯބިން ކުރާ ކައިވެނިކަމެވެ.

އެއީ ސިފައަށް ބަލައިގެން ކައިވެނިކުރުމެއް ނޫނެވެ. އެމީހަކަށް ރުހިގެން، ލޯބިވެގެން ކުރެވޭ ކައިވެންޏެވެ.

މިހާރަކަށް އައިސް ލޯބިވުން މިވަނީ އޮޅުމެއްގެ ތެރޭގައެވެ. އެއްބައަކު ލޯބިވެވޭނީ ބޭރުފުށުގެ ސިފަ ރީތިވެގެންނެވެ. އެގޮތަށް ޤަބޫލުކުރާ މީހުން ލޯބިއެވަނީ އެމީހަކު ދެކެއެއް ނޫނެވެ. އޭނާގެ ސިފަދެކެއެވެ. ސިފަދެކެ ލޯބިވެގެން ކައިވެނިކޮށްފިނަމަ އެކަން ފަހުން މައްސަލައަކަށް ނުވެނުދާނެއެވެ. ސަބަބަކީ އެއްވެސް މީހަކީ އަބަދު އެއް ސިފައެއްގައި ހުރެވޭނެ މީހެއް ނޫނެވެ.

ސިފަ ބަދަލުވަނީ ހަމައެކަނި ޢުމުރުން ދުވަސްވުމަކުން ނޫނެވެ. ދިރިއުޅެންޖެހޭ ގޮތުންވެސް ކުރަންޖެހޭ މަސައްކަތުގެ ގޮތުގެ ގޮތުންވެސް އަދި މަސައްކަތް ބުރަވުމުންވެސް މީހާގެ ސިފައަށް ބަދަލުތައް އައުދެއެވެ. ވިހެއުމުން ސިފައަށް ބަދަލުއައުމަކީ ޢާންމުކަމެކެވެ. އަދި އެއިގެ ކުރިން ބަލިވެއިނުމުންވެސް ސިފައަށް ބަދަލުތައް އައުދެއެވެ. ދެން އެވީ ކައިވެނި ރޫޅާލަންހެއްޔެވެ؟

ބަލަ އަނބިމީހާ ވިހެއީ ހަމަ ތިބާގެވެސް ދަރިއެއް ނޫން ހެއްޔެވެ؟ އެކަން އޭނާ އެކުރީ ކިހައި ގިނަ ދުވަސްތަކެއްގައި ކިހައި ބޮޑެތި ވޭންތަކެއް އުފުލައިގެން ހެއްޔެވެ؟ އަހުރެން ބުނާނީ މިކަންކަމަށް ނުވިސްނާ މީހުންނަކީ ހިތް ހަރުވެ ހިލައަށްވެފައިވާ ޖައްބާރުން ކަމަށެވެ.

ކައިވެނިކުރުމަށްފަހު ތިމާގެ ހިތުގައި އަނެކާގެ ސިފަތަކަށް ލޯބި ނުއުފެދުނު ނަމަވެސް އެކަން ހާމަނުކޮށް އެކަން އަނެކާއަށް އިޙްޞާޞްވިޔަނުދީ ﷲ ތަޢާލާއަށްޓަކައި ލޯބިން ދިރިއުޅުމަކީ އެކަމުގެ ޘަވާބާއި ދަރުމަ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެ ކަމެކެވެ. ވީމާ އަނެކާގެ ސިފައަށް ބަލައި ލޯބި ނުވެވޭތީ ކައިވެނި ރޫޅައިލުމުގެ ބަދަލުގައި ﷲ އަށްޓަކައި ލޯބިން، ލޯބިދީގެން އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! އެއިރުން ޒަވާޖީ ޙަޔާތުގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް