އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުންފަތް ކޮންޓްރޯލް ޤާނޫނާ ޚިލާފުވެގެން ޑިސެންބަރު މަހު 11 މީހަކު ޖޫރިމަނާކޮށްފި

ދުންފަތް ކޮންޓްރޯލް ޤާނޫނާ ޚިލާފުވެގެން ޑިސެންބަރު މަހު 11 މީހަކު ޖޫރިމަނާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފުވެގެން މިދިޔަ ޑިސެންބަރު މަހުގެ 15 އިން 31 އަށް 14 މައްސަލައެއްގައި 11 މީހަކު ޖުމްލަ 60،500 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މީގެއިތުރުން، ޖަނަވަރީ މަހު 14 މައްސަލައެއްގައި 12 މީހަކު 70،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފާހަގަކޮށްލަންޖެހެނީ، މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި ބޭނުންކުރުމާއި، ހިލޭ ބެހުމާއި އަދި ވިއްކުން މަނާކުރެއްވުމަށް ނިންމަވާފައެވެ. މި ނިންމެވުމާ ގުޅިގެން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙު ތަންފީޒުކުރަން ފެށިފައިވަނީ ނޮވެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ބޭނުންކުރުމާއި، ހިލޭ ބެހުމާއި އަދި ވިއްކުން މަނާކުރެވިފައިވަނީ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.

މި ޤާނޫނުގެ ދަށުން ވޭޕްގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ. މީގެއިތުރުން، މިފަދަ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު، ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް މޯބައިލް ފޯނުގެ ޒަރީއާއިން ކުރު މެސެޖެއް ފޮނުވައި، ޖޫރިމަނާ ދެއްކުމަށްޓަކައި ވާރު ޕޭގެ ޕޭމަންޓް ލިންކެއް ފޯރުކޮށްދެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު