އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް އާއި ނައިބު ރައީސް އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއި ބައްދަލުކުރައްވައިފި

ރައީސް އާއި ނައިބު ރައީސް އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއި ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

 މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ދެބޭފުޅުންނަށް މަރުޚަބާ ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައި، އައްޑޫ ސިޓީގެ ތަރައްޤީއަށް ނުކުރެވި ހުރިކަންކަން ފާހަގަކުރައްވައި، އައްޑޫ ސިޓީގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައިވެއެވެ. މީގެ ތެރޭގައި، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް އައްޑޫ ސިޓީއިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް އައްޑޫ ސިޓީގެ ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

އައްޑޫ ސިޓީ ކައުންސިލް މެންބަރުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލުތައް ބާރުވެރިކުރުވުމުގެ  މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، މަގުތަކުގެ ހާލަތުގެ އިތުރުން ތަޢުލީމީ ދާއިރާ އާ ބެހޭގޮތުން މަޝްވަރާކުރައްވައި މި ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އައްޑޫ ސިޓީއަށް ތަފާތު އެކި ތަރައްޤީގެ މަޝްރޫޢުތަށް ރާއްވަވާފައިވާކަމަށާއި، އައްޑޫ ސިޓީ ކައުންސިލުން ހުށަހެޅިކަންކަން ވީހާވެސް އަވަހަކަށް  ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި މިސަރުކާރުން ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން ސަރުކާރުގެ ސިޔާސަތު އިސްލާޙުކޮށް ސިޓީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ބާރު އަޅުއްވާނެކަމުގައި ވިދާޅުވިއެވެ.

 މި ބައްދަލުކޮށްލެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު