އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންގެ ފޮރެންސިކް ޓީމެއް ޕީއެސްއެމް ތެރެއަށް ވަދެއްޖެ

ފުލުހުންގެ ފޮރެންސިކް ޓީމެއް ޕީއެސްއެމް ތެރެއަށް ވަދެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ދައުލަތުގެ މީޑިއާ ޕީއެސްއެމް ގެ ޓީވީއެމް ހުންނަ އިމާރާތަށް ފުލުހުންގެ ފޮރެންސިކް ޓީމެއް ވަދެ ހަރަކާތްތެރި ވަމުން އެބަދެއެވެ.

ޕީއެސްއެމްގެ ޓީވީއެމް ހިންގާ އިމާރާތުގައި ފުލުހުންގެ ފޮރެންސިކް ޓީމަކުން ހަރަކާތްތެރި ވަމުންދަނީ، ޕީއެސްއެމް ނިއުސްގެ ގިނަ ވީޑިއޯތަކެއް ޑިލީޓް ކޮށްލި މައްސަލައެއް ފެންމަތިވުމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުން ގޮސްފައިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ.

ޕީއެސްއެމް ނިއުސް އިން ވީޑިއޯތައް ޑިލީޓު ކޮށްލިކަން އެތަނުގެ މުވައްޒަފުންނަށް ފާހަގަވެފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތުގައެވެ. އަދި އެކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްރޫމްގެ ބައެއް މުވައްޒަފުން އެޑިޕާޓްމަންޓުގެ ވެރިންނަށް ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިއެވެ.

ޕީއެސްއެމް ނިއުސް އިން ކާކުކަން ނޭނގޭގޮތަށް ގިނަ ވީޑިއޯތަކެއް ބަޔަކު ރާވައިގެން ޑިލީޓް ކޮށްފައިވާކަމަށް މީގެ ދެދުވަސް ކުރިން ޓްވިޓާގައި ވަނީ ޚަބަރު ފެތުރިފައެވެ.

މިކަމާއި ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ވެސް އަދި ޕީއެސްއެމް ގެ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ