އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަވަދިނެތި މަސައްކަތުގަ އުޅެންޖެހޭ އަންހެނަކަށް ޛިކުރުކުރާނެ ވަޤުތު ހޯދަން އެންމެ ފަސޭހަވާނެ ގޮތް-

އަވަދިނެތި މަސައްކަތުގަ އުޅެންޖެހޭ އަންހެނަކަށް ޛިކުރުކުރާނެ ވަޤުތު ހޯދަން އެންމެ ފަސޭހަވާނެ ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ހެޔޮލަފާ ގިނަ އަނބިންނަކީ ވަރަށް އަވަދިނެތި މަސައްކަތުގައި އުޅެންޖެހޭ ބައެކެވެ. ގޭތެރޭގެ މަސައްކަތްކުރަމުން ދަރިން ބަލަމުން އަދި ސްކޫލަށް ކުދިން ގެންގޮސް ގެންނަންޖެހޭ މައިންވެސް މަދެއް ނޫނެވެ.

މިޙާލަތުގައި ފަރުޟް ނަމާދުތައް ކުރާނެ ވަޤުތު ހޯދުންވެސް ބައެއްފަހަރު އޮންނަނީ ދަތިކަމަށްވެފައެވެ. ޢަމަދުން ހަމަޖެހިލައިގެން އިނދެ ޛިކުރުކުރާނެ ވަޤުތު ނުވެސް ލިބެއެވެ. އެހެންކަމުން ޛިކުރުކުރާނެ ވަޤުތު ހޯދޭނެ ގޮތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމަށް އޮތް އެންމެ ފަސޭހަ ބައެއް ގޮތްތަކެވެ.  

ތިރީގައި އެވަނީ ޢިލްމްވެރިއެއްގެ ބަސްފުޅެކެވެ.  

"ޛިކުރުކުރުމުގެ މާނައަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. އެއީ ކޮންމެ މަސައްކަތެއްގައި އުޅެމުންވެސް ކުރެވޭނެ ކަމެކެވެ. ދެވަނައަށް އޮތީ ޛިކުރުތައް ކިޔުމެވެ. އަވަދިނެތި އުޅޭ އަންހެނުންނަށް ބުނެލަން އޮތީ ގޭތެރޭގެ މަސައްކަތުގަ އުޅުނަސް، ބދިގޭ މަސައްކަތުގަ އުޅުނަސް އެހެން މަސައްކަތެއްގައި އުޅުނަސް، ގާތުން ދޭން އިނދެގެންވެސް އަދި ކޮންމެ މަސައްކަތެއްގައި  އުޅުނަސް އަސްތަޣްފިރުﷲ، ސުބްޙާނަﷲ، އަލްޙަމްދުލިﷲ، ﷲއަކްބަރު ފަދަ ކުރުކުރު ކަލިމަތައް ކިޔާށެވެ. އެއިރުން އެދަނީ ޛިކުރުކުރެވުމުންނެވެ.  

ސްކޫލަށް ކުދިން ގޮވައިގެންދަމުންނާއި ބަލައިދާ އިރުގައާއި އެނބުރި އަންނައިރުވެސް ކިޔާށެވެ. ސްކޫލޮދޮށަށް ކުދިން ބަލައިގޮސް ހުންނައިރު ބޭކާރު ވާހަކަތައް ދެއްކުމުގެ ބަދަލުގައި ޛިކުރްތައް ކިޔާށެވެ. ބޭކާރު ވާހަކަ ދެއްކުމުން ފާފަވެރިވުން ގާތެވެ. ޛިކުރުކުރާނަމަ ދާނީ ޘަވާބު އިތުރުވަމުންނެވެ. ވީމާ ކާރުގައިދާނަމަވެސް ހިނގާފައި ދިއަނަމަވެސް ދަމުންވެސް އަންނަމުންވެސް އަދި ދަރިފުޅަށް އިންތިޒާރުކުރާ ވަޤުތުތަކުގައިވެސް ޛިކުރްތައް ކިޔަމުން ގެންދާށެވެ. 

އެއިރުން ދުވަސް ނިމިގެންދާއިރު އެތައް ހާސް ފަހަރަކު ހުންނާނީ ޛިކުރުތައް ކީފައެވެ. ކިޔުނު ޢަދަދު ނުއެނގުމަކީ މައްސލައެއް ނޫނެވެ. މަލާއިކަތުން ވާނީ ފަތުގައި ލިޔުއްވަވައިފައެވެ. ޤިޔާމަތް ދުވަހު ޙިސާބުބެއްލެވުމުގެ ވަޤުތުގައި ޢަދަދު އެނގިގެންދާނެއެވެ."

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް