އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްތައް ހުޅުވިގެންދާނީ ޤުރްޢާން ހިތުދަސްކުރާ ފަދައިން މާނަވެސް އުނގެނި ޢަމަލުކުރަން މަސައްކަތްކުރުމުން!

ހިތްތައް ހުޅުވިގެންދާނީ ޤުރްޢާން ހިތުދަސްކުރާ ފަދައިން މާނަވެސް އުނގެނި ޢަމަލުކުރަން މަސައްކަތްކުރުމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

"ޤުރުއާނާއި މެދު އެމީހުން ވިސްނާ ފިކުރު ނުކުރަނީ ކީއްވެހެއްޔެވެ؟"

"ނޫނީ އެމީހުންގެ ހިތްތައް ވަނީ ތަޅުލެވިފަހެއްޔެވެ؟"  

މިމޭރުމުންބަޔާންވެގެންވާ އާޔަތުން އަހަރެމެންނަށް އަންގައިދެނީ، އަހަރެމެން ޤުރުއާނާއި މެދު ވިސްނާފިކުރު ނުކުރާނަމަ، އަހަރެމެންނަށް އޭގެ މާނަ ނޭންގޭނަމަ ވޭދާނެ ގޮތެވެ. ކިހިނެއްތޯ ވާނީ.؟  އޭގެ މާނައަކީ ތިބާގެ ހިތްވެސް އަދި އަހަރެންގެ ހިތް ވެސް ވަނީ ﷲ ގެ ހިދާޔަތު ގެ ނޫރު ނުލިބޭނެހެން ތަޅުލެވިފައެވެ. 

ތިބާއަށް އިހްސާސް ކޮށްލެވޭތޯ، އަހަރެމެންގެ ތެރެއިން މީހަކު ޤުރުއާން ކިޔަވަފާނެ، ނުވަތަ ޤުރުއާން ހިތުދަސްކޮށްފާނެ. އެކަމަކު އެ ކިޔެވުމަކުން އަދި އެ ހިތުދަސްކުރުމަކުން އަހަރެމެންގެ އުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ.  

"އަހަރެމެންނަށް ވިސްނާވެސް ނުލެވޭ އޭގެ މާނައަކީ ކޮބައިކަންވެސް. އެޔަކުން އަހަރެމެންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރޭ." އޭގެ މާނައަކީ ﷲ ގެ ހިދާޔަތަށް އަހަރެމެންގެ ހިތް ތަޅުލެވިފަވާކަމެވެ. "މުޅި ޤުރުއާން ހިތުދަސްކޮށްފައި ތިބޭ ކިތައް މީހުން ތިބާ އަށް އިނގޭތޯ؟" އެހެނަސް އޭގައިވާ އެއްމެ ބަހަކަށްވެސް އެމީހުން ޢަމަލެއް ނުކުރެއެވެ. އަދި އަހަރެމެންގެ ތެރެއިން ކިތައް މީހުންތޯ ވިސްނާ ފިކުރު ކުރަނީ.  

ވީމާ ބައެއް ޢިލްމްވެރިން ވިދާޅުވަނީ އެންމެ މުހިންމު ކަމަކީ ޤުރްއާނުގެ މާނަ އެނގި އަދި ޢމަލުވެސް ކުރުން ކަމަށެވެ. ވީމާ ކީރިތި ޤުރްއާން ހިތުދަސްކުރާ ފަދައިން މާނަވެސް ކިޔައި ދަސްކޮށް ޢަމަލުކުރަން މަސައްކަތްކުރާށެވެ. ޙަޤީޤީ ފައިދާކުރާނީ އެއިރުންނެވެ!

 

- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް