އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު
ބަރަކާތްތެރި ރަމަޟާން މަސް ވަރަށް ކައިރިވެފައި އޮތުމުން މިހުޅުވާލަނީ ރަމަޟާންމަހަށް ޚާއްޞަ ފުރުޞަތެކެވެ. އަންހެނުން ގޭގައި ތިބެ އަޅުކަންކުރަން ގިނަ ވަޤުތު ހޭދަކުރާއިރުވެސް ފިރިހެނުން މިސްކިތުގައި ގިނައިރު ތިބޭއިރުވެސް ލެގިލައިގެން އިނދެވޭނެ މުސައްލައެއް ހަމަ ހިލޭ ހޯއްދެވުމުގެ ފުރުޞަތެކެވެ. ކޮށްލަދެއްވަން އޮތް ކަމަކީ ތިރީގައިވާ ސުވާލަށް ޖަވާބެއް ފޭސްބުކްގައި ދެއްވުމެވެ.
މިއަދުގެ ސުވާލު:
ވުޟޫ ނަމާދަކީ ކޮބާ؟
އެހީ:
ވުޟޫ ނަމާދަކީ ވުޟޫކުރުމަށްފަހު ކުރާ 2 ރަކްޢަތް ނަމާދެކެވެ. ވުޟޫނަމާދުކުރުމަކީ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާ ކަމެކެވެ. ވީމާ ކޮންމެ ނަމާދެއްކޮށްގެން ވުޟޫނަމާދު ނުކުރެވުނަސް ދުވާލަކު އެއްފަހަރު ނަމަވެސް ކުރަން މަސައްކަތްކުރާށެވެ. އެއީ ފާފަފުއްސަވައި ދެއްވަވައި ސުވަރުގެ ލިބުމަށް އޮތް މަގެކެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް މުޙައްމަދު ލަޠީފް
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެލެއްވުން ވަރަށް ބޮޑަށް އެދެމެވެ.
Advertisement
16 ފެބްރުއަރީ 2025