އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށްފި

ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

މާލޭ ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ހެނދުނު ނުވައެއް ޖެހިއިރު ވަނީ އެ ސަރަޙައްދު ބަންދުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، އެ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރަން ޖެހުނީ އެ ސަރަޙައްދުގައި ކިސަޑު ޖަމާވެފައިވާތީއެވެ. ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ކައުންސިލުން އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި، އެ ސަރަޙައްދުން ކިސަޑު ނެގުމުގެ މަސައްކަތާއި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި މަސައްކަތް ނިމެންދެން އެ ސަރަޙައްދު އާންމުންނަށް ބަންދުކުރެވިފައި ހުންނާނެއެވެ.

ރަސްފަންނަކީ މާލޭގެ އާންމުން އެންމެ ގިނައިން މޫދަށް އެރުމަށް ބޭނުންކުރާ ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދެވެ. މި ސަރަޙައްދު އަލުން ހުޅުވާނެ ތާރީޚެއް މިވަގުތު ކަނޑައެޅިފައި ނުވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު