އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޒޯޓްތަކުން ދިވެހިންނަށް ވަޒީފާ ލިބޭނީ ރިޒޯޓުތަކާއެކު ސަރުކާރުން އެއްބަސްވާ އެއްބަސްވުންތަކަށް އަމަލުކުރުވައިގެން: މެންބަރު ބާރީ

ރިޒޯޓްތަކުން ދިވެހިންނަށް ވަޒީފާ ލިބޭނީ ރިޒޯޓުތަކާއެކު ސަރުކާރުން އެއްބަސްވާ އެއްބަސްވުންތަކަށް އަމަލުކުރުވައިގެން: މެންބަރު ބާރީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ރާއްޖޭގައި ރިޒޯޓްތައް އިތުރުވަމުން ދިއަ ނަމަވެސް ރިޒޯޓުތަކުން ދިވެހިންނަށް ވަޒީފާ ލިބޭނީ ދިބެހިންނަށް ވަޒީފާ ދިނުމާއި ބެހޭ ގޮތުން ރިޒޯޓުތަކާއެކު ސަރުކާރުން އެއްބަސްވާ އެއްބަސްވުންތަކަށް ރިޒޯޓްތަކުގެ މެނޭޖްމަންޓްތައް ލައްވައި އަމަލުކުރުވައިގެން ކަމަށް ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުލްބާރީ މިއަދު ވިދާޅުވީ ސަރުކާރާއި ރިޒޯޓުތަކާއިއެކު ވެވޭ އެއްބަސްވުމުގައި ދިވެހިންނަށް ވަކި އަދަދަކަށް ވަޒީފާ ދޭން ކަނޑައަޅައި އެއްބަސްވެފައި އޮންނަ ނަމަވެސް އެކަން އެމަގުން ތަންފީޒުވަމުންދާކަން ބަލަހައްޓާ ސަރުކާރުގެ އެއްވެސް އިދާރާއެއް ނެތް ކަމަށާއި އެކަން ބެލެހެއްޓުމުގެ ޒިންމާ އުފުލާނެ މީހަކުވެސް ނެތް ކަމަށެވެ.

ބަރީ ވިދާޅުވީ އޮޅުވެލި ފުށީ ފަޅުތެރޭގައި ގިނަ އަދަދެއްގެ ރިޒޯޓުތައް އެބަހުރި ކަމަށާއި އެހެންކަމާއިއެކުވެސް އޮޅުވެލިފުށީގެ ވެސް އަދި ކުރެންދޫގެ ރައްޔިތުންނަށްވެސް ރިޒޯޓުތަކުން ސަރުކާރާއިއެކުވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ވަޒީފާ ލިބެމުން ނުދާ ކަމަށެވެ. ހަމަ އެޢާއިއެކު މިއީ ހަމަ އެކަނި ކުރެންދޫ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ޤައުމީ މައްސަލައެއް ކަމަށެވެ. އަދި ކޮންމެހެން ހައްލުކުރަން ޖެހިފައިވާ މުހިންމު މައްސަލައެއް ކަމަށެވެ.

ބާރީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގަ އާއި ޞިއްޙީ ދާއިރާ ފަދަ ދާއިރާ ތަކަށް ބޭނުންވާ މީހުން ތަމްރީނުކުރަން އެކަށީގެންވާ ވަރާއި ގާތަކަށްވެސް ސްރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. ތަރައްޤީގެ ނަމުގައި ހަމައެކަނި ކުރަނީ ކޮންކްރީޓް ތަރައްޤީ ކަމަށާއި ކޮންކްރީޓް ތަރައްޤީ ކުރަނީ އަތަސް ލިބޭ "ސިޓީއުރައިގެ" ސަބަބުން ކަމަށެވެ.

"ނަމަވެސް ޤައުމަށް ހަޤީޤީ ތަރައްޤީއެއް ގެނެވޭނީ ޤައުމުގައި ހުރި ވަޒީފާތަކުގައި މަސައްކަތް ކުރާނެ ދިވެހިން ބިނާކޮށްގެން." ކަމަށްވެސް ބާރީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު