އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާއާއެކު ހަދާފައިވާ "ފްރީ ޓްރޭޑް އެއްބަސްވުން" ބާޠިލް ކުރަނީ

ޗައިނާއާއެކު ހަދާފައިވާ "ފްރީ ޓްރޭޑް އެއްބަސްވުން" ބާޠިލް ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ރާއްޖެއިން ޗައިނާ އާއިއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ "ފްރީ ޓްރޭޑް އެގްރިމަންޓް" އުވާލަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޮއިޓަރސް ނިޔުސް އެޖެންސީއަށް ރައީސް ނަޝީދު ދެއްވި އިންޓަރވިޔުއެއްގައި ވިދާޅުވެފައިވަނީ އެއީ ރާއްޖެއަސް ކުރެވިފައިވާ ކުށެއް ކަމަށާއި އެ އެއްބަސްވުމަކީ ޗައިނާއަށް ހުރިހާ ފައިދާތަކެއް ލިބޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެއް ކަމަށެވެ.

ޝައިނާ އާއި ރާއްޖޭގެ މެދުގައި އޮންނަ ވިޔަފާރީގެ ގުޅުމަށް ބައްލަވާލައްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދުނިޔޭގެ ދުވަނައަށް އެންމެ ކުރިއަރާފައިވާ ޗައިނާ އާއިއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުމުގައި ހުރިހާ ފައިދާއެއް ލިބޭނީ ވެސް ޗައިނާއަށް ކަމަށެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ވަރަށް ގިނަ ބާވަތްތައް ޗައިނާ އިން އެތެރެކުރާ ޤައުމެއް ނަމަވެސް ޗައިނާއަކީ ރާއްޖޭގެ އެއްވެސް މުދަލެއް ގަންނަ ޤައުމެއް ނޫނެވެ.

ރައީސް ނަޝިދު ވިދާޅުވީ އެއްބަސްވުން އެކުލަވާލާފައިވަނީ މަޖިލީހުން ފާސްކޮށްގެން ނަމަވެސް އެއްބަސްވުމަށް އަމަލުކުރެވޭނީ އިތުރު ކަންތައްތަކެއް މަޖިލީހުން ފާސްކޮށްގެން ކަމަށާއި މަޖިލީހުން އެއްބަސްވުމާއި ބެހޭ އިތުރު އެއްވެސް ކަމެއް ދެން ފާސްނުކުރާނެ ކަމަށެވެ.

 

 

ގުޅުންހުރި ރޮއިޓަރސް ލިޔުން:

https://www.reuters.com/article/us-maldives-politics-china-exclusive/exclusive-maldives-set-to-pull-out-of-china-free-trade-deal-says-senior-lawmaker-idUSKCN1NO0ZC?il=0

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް